ހިޔާ ޝަހަރުގައި ހުންނަ ޝަހީދު އަލީ ސްކޫލް ދުރުން ފެންނަ މަންޒަރެއް
ރިޕޯޓް
26 Jan 2026 | 12:54
ޝަހީދު އަލީ ސްކޫލުގެ ލޯގޯ ދުށިންތަ؟ ތަފާތުވެފަ ރީތި ދޯ

ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް ތައްޔާރުވަމުންދާއިރު، ހިޔާ ސަހަރުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ކުދިން މާދަމާ ކިޔަވަންދާނެ ސްކޫލަކީ ރަތް ޓަވަރުތައް ކައިރީ ބިނާކުރި ޝަހީދު އަލީ ސްކޫލެވެ.

ޝަހީދު އަލީ ސްކޫލް މާދަމާ ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ ސްކޫލަށް ނަން ދީފައިވަނީ އަލި ރަސްގެފާނަށް ނިސްބަތްކޮށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ ސްކޫލަށް ޝަހީދު އަލި ރަސްގެފާނުގެ ނަމުން ނަންދިނުމަށް ނިންމީ، އެ މަނިކުފާނުގެ ޒިކުރާ އާކޮށް ކުދިންގެ ހިތުގައި ރަސްގެފާނުގެ އަގުވަޒަން ކުރުމުގެ ނިޔަތުގައިކަމަށެވެ. 

ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަުން އަންނައިރު ސްކޫލްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއްހެން މިހާރުވަނީ ނިމިފައެވެ. ޝަހީދު އަލީ ސްކޫލް ފަރުމާކުރުމުގައި ކުލަތައް ކަނޑައަޅާފައިވަނީ އެ ސްކޫލް ނިސްބަތްވާ އަލި ރަސްގެފާނާ ގުޅުވައިގެންނެވެ. މަޝްހޫރު އަލި ރަސްގެފާނަކީ ދިވެހި ތާރީހުން ފެންނަ ގޮތުގައި އެންމެ ހިތްވަރުގަދަ އަދި އެންމެ ޤައުމީވަންތަ ރަސްގެފާނެވެ. އެ ރަސްގެފާނަކީ ވަރަށް ޖެހިލުންކުޑަ ޝަހްސިއްޔަތެކެވެ. އަލިރަސްގެފާނު ޝަހީދުވެ ވަޑައިގަތީ ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވަނިކޮށެވެ. އެއީ މީލާދީ ސަނަތުންނަމަ 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހެވެ.

އެންމެ ގާތުން އެ ފެންނަނީ ހިޔާ ޝަހަރުގައި ހުންނަ ޝަހީދު އަލީ ސްކޫލް... ފޮޓޯ: ވޮއިސް

ދިވެހިންގެ ހިތްތަކުގައި އަލިރަސްގެފާނަށް ދެވިފައިވާ ޤަދަރު ނިކަން ބޮޑެވެ. މިކަން މާލޭގައި ފެންނަން ހުރި އެ ރަސްގެފާނަށް ނިސްބަތްވާ ބިނާތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އަލި ރަސްގެފާނުގެ ހަނދާނީ ބިނާއެއް ހުންނައިރު، އެ ރަސްގެފާނުގެ ނަންފުޅު ރަމްޒުކޮށްދޭ މިސްކިތެއްވެސް ވަނީ ބިނާކޮށްފައެވެ. އަލި ރަސްގެފާނުގެ ހަނދާނުގައި އެންމެފަހުން ބިނާކުރެވިގެން މިދިޔައީ ކުދިންނަށް ތައުލީމްދޭ ބޮޑު މަދަރުސާއެކެވެ.

މި މަދަރުސާއަށް ޝަހީދު ޢަލީ ނަމުން ނަންދީފައިވާއިރު އެންމެ ފާހަގަކުރެވިފައިވަނީ މަދަރުސާގެ ލޯގޯއެވެ. ޝަހީދު ޢަލީ ސްކޫލް ލޯގޯ ފަރުމާކޮށްފައިވަނީ އަރަބިވަންތަ ނިކަން ރީތި ތާނަ ފޮންޓަކުންނެވެ. ލޯގޯއިން ފެންނަނީ ޝަހީދު ޢަލީ ދިވެހިން ލިޔެފަ އޮންނައިރު، އެ ދެ ނަން ފެށޭ ތާނައިގެ "ޝ" އަދި "ޢ" އަކުރެވެ.

ޝަހީދު އަލީ ސްކޫލްގެ ލޯގޯ... ފޮޓޯ: ވޮއިސް

ޝަހީދު އަލީ ސްކޫލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. މި މަދަރުސާ އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ޝަހީދު އަލީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ފެށިތާ ބަރާބަރު ދެ އަހަރު ވީއިރު އެ ސްކޫލުގެ މަސައްކަތް ނިމި ކިޔަވައިދޭން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ނަމަވެސް ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭކަމަށް އެޑިއުކެޝަނުން ވަނީ ބުނެފައެވެ.

މި ސްކޫލް ބިމާކޮށްފައިވަނީ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާ އެކުގައެވެ. އެގޮތުން މި ސްކޫލްގައި  އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޓާފްދަނޑެއް ހިމެނެއެވެ. މި ސްކޫލް ބިނާޮށްފައިވަނީ ޒަމާނީ ވަސީލަތްތައް ހިމަނައިގެންނެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށިގެންދާއިރު، ޝަހީދު އަލީ ސްކޫލަށް ފުރަތަމަ ފަހަރަށް މާދަމާ ހެދުނު ދަރިވަރުން ގޮސް ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.