ނިޕށާ ވައިރަސްއަށް ބަޔަކު ސްކްރީންކުރަނީ.. ފޮޓޯ: ތައި ގަވަރމަންޓް
ދުނިޔެ
26 Jan 2026 | 20:17
ނިޕާ ވައިރަހާ ގުޅިގެން އޭޝިއާގެ ބައެއް އެއާޕޯޓްތައް އެލާޓަށް އަތުވެއްޖެ

އިންޑިއާގެ ވެސްޓް ބެންގާލުން ނިޕާ ވައިރަހުގެ ކޭސްތައް ފެނުމުން ބައެއް އެއާޕޯޓްތައް އެލާޓަށް އަތުވެއްޖެއެވެ.

ނިޕާ ވައިރަސް މިފަހުން ފެނުނުކަމަށް އަދި މިހާތަނަށް މައުލޫމާތު ލިބިފައިވަނީ ވެސްޓް ބެންގާލުންނެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ވެސްތްބެންގާލް ސްޓޭޓުން ނިޕާ ވައިރަހުގެ ކޭސްތައް ފެނުމާ ގުޅިގެން އެ ސަރަހައްދުން އަންނަ މީހުން ޗެކްކުރުމުގެ މަސައްކަތް ބައެއް އެއާޕޯޓްތަކުން ވަނީ ފަށާފައެވެ. މީގެ ތެރޭގައި ނޭޕާލް، ތައިެލންޑް، ޓައިވާން، ހޮންކޮން އެއާޕޯޓް ހިމެނެއެވެެ.

ރިޕޯޓްތައް ބުނާގޮތުގައި އެ އެއާޕޯޓްތަކުން ދަނީ ވެސްޓްބެންގާލުން އަންނަ ދަތުރުވެރިން ސްކްރީން ކުރުމުގައި ކުރިން ގެންގުޅުނު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ހާއްސަ ގޮތެއްގައި ހުންއައިސް ބަލިވެ އުޅޭ މީހުން އަންނަނަމަ، ކަރަންޓީން ކުރުމުގައި ގެންގުޅޭ މިންގަނޑުތަކަށް ވަނީ އަމަލުކުރަން ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ތައިލެންޑް ސަރުކާރުން ބުނެފައިވަނީ އެޤައުމުން އަދި މިހާތަނަށް ނިޕާގެ ކޭހެއް ނުފެނުނު ނަމަވެސް ސްކްރީންކުރުމުގެ ކަންކަން އެއާޕޯޓްތަކުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހަމަޖެހިފައިވާ އުސޫލްގެ ދަށުން ކުރިއަށްގެންދާނޭކަމަށެވެ. 

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާކަމަށް ރެކޯޑްކުރެވިފައިވަނީ 1998 ވަނަ އަހަރު މެލޭޝިއާއިންނެވެ. ވައިރަސް ފެނިފައިވަނީ އޫރު ގެންގުޅޭ ބައެއްގެ ތެރެއިންނެވެ. މި ވައިރަސް އާއްމުކޮށް ވަރަށް މަދުން ދޭތެރެ ދޭތެރެ ދޭތެރެއިން ފެންނައިރު، މިއީ ބަލިމަޑުކަމަކަށް ގޮސްދާނެ ބައްޔަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. 

ނިޕާ ވައިރަސް ފެތުރެނީ އެވައިރަސްގެ އަސަރު ކޮށްފައިވާ ޖަނަވާރާއި، ތަގައްޔަރުވެފައިވާ ކާބޯތަކެތިންނެވެ. ނިޕާ ވައިރަސް އިންސާނުންގެ ގަޔަށް އަރައިފިނަމަ، އަނެއް މީހާގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އޮވެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ގަދައަށް ހުންއައުމާއި، ހޮޑުލުން ފާހަގަކޮށްލެވެއެވެ. ނިޕާ ވައިރަސްއަށް އަދި ހާއްސަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.