ޝަހީދު ޢަލީ ސުކޫލްގައި ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Jan 2026 | 11:24
ރައީސްގެ އިލްތިމާސް: ދަރިވަރުންނަކީ ފަތިސް ނަމާދުން ދުވަސް ފަށާ ބައެއްގެ ގޮތުގައި ބައްޓަންކޮށްދެއްވާ

ފަތިސްނަމާދުން ދަރިވަރުން ދުވަސް ފެށުމަށާއި އެކަން މައިންބަފައިން ކަށަވަރުކޮށް، ދަރިވަރުން އެގޮތަށް ބައްޓަންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަަޑައިގެންފިއެވެ.

ދިރާސީ އައު އަހަރު މިއަދު ފެށިފައިވާއިރު، ހުޅުމާލޭގައި މި އަހަރު އަލަށް ހުޅުވާ، ޝަހީދު ޢަލީ ސުކޫލްގައި ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިންނަކީ މުސްލިމުން ކަމުގައިވާއިރު ދިވެހިން ވާންޖެހޭނީ އެކަން ހަނދާންކޮށް ދީނުގައި އަންގަވާފައިވާ ގޮތަށް ކަންކަން ތަރުތީބު ކުރާ ބަޔަކަށް ކަމަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. 

ފަރުޟު ގަސް ނަމާދު ވަގުތުގައި އަދާކުރުމަށް ހުރިހާ ދަރިވަރުންނަށްވެސް އަޅުގަނޑު އިލްތިމާސްކުރަން. ފަތިސް ނަމާދަށް ގަޑިއަށް ހޭލުމަށް. ފަތިސް ނަމާދުން ދުވަސް ފެށުމަށް ހުރިހާ ކުދިންވެސް ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ކުދިންނަށް އަޅުގަނޑު އިލްތިމާސްކުރަން. މައިންބަފައިން ކިބައިންވެސް އެދެން، ހުރިހާ ކުދިންވެސް ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދަށް ތެދުވެ، ފަތިސް ނަމާދުންކަން އެއީ މައިންބަފައިންގެ ޒިންމާ ކަމުގައި ކަނޑައަޅައި އެކަން ކަށަވަރު ކުރެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

ޝަހީދު ޢަލީ ސުކޫލްގައި ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް


ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީނުގައި ކަންކަން ބަޔާން ކޮށްފައި އޮންނަނީ ވަރަށް މާތް މަޤުސަދެއްގައި ކަމަށެވެ. އެކަންކަމަކީ ފޮތެއްގައި ލިޔެވި، ޢަމަލީ ގޮތުން އަހަރެމެންގެ ޙަޔާތުން ކޮންމެ ދުވަހަކުވެސް ފެންނަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންވީމާ ދުވަސް ފަށަން އޮންނަ ގޮތަށް ފަށައި، ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތަށް ކަންކަން ސްކޫލްތަކުގައިވެސް ތަރުތީބުވެފައި އޮންނަންވާނީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

އެގޮތުން ސުކޫލްތަކުގައި ނަމާދު ކުރުމަށް ޚާއްސަ ތަންތަން ހުންނަކަން ފާހަގަކުރައްވައި ރައީސް ވަނީ ނަމާދަށް ފަރުވާތެރިވުމަށް ދަރިވަރުންނަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. 

މީގެ އިތުރުން، ދަރިވަރުންނަކީ މައިންބަފައިންނަށް ކިޔަމަންތެރި ޓީޗަރުން ބުނާ ބަސް އަހާ ބަޔަކަަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

”އޭރުން އަޅުގަނޑުމެންގެ ތުއްތު ކުދިންގެ މުސްތަގުބަލަށް އެ އެޅިގެންދަނީ ގުޑުވާ ނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް“ ރައީސް ވިދާޅުވިއެވެ. 

.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.