ިއިންސާނަކާއި ރޮބަޓެއް-- ފޮޓޯ/ ފްރީޕިކް.ކޮމް
ދުނިޔެ
27 Jan 2026 | 11:28
އުފެއްދުންތެރިކަމުގައި އިންސާނުންނަށްވުރެ އޭއައި ކުރިހޯދައިފިކަން ދިރާސާއަކުން ހާމަވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ ކޮމްޕިއުޓަރު ސައިންސުގެ ގޮތްޕެއްގެ ގޮތުގައި ބެލެވޭ، އާންމުގޮތެއްގައި އިންސާނީ ބުއްދި ބޭނުންކޮށްގެން ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން ލިބިފައިވާ މެޝިން ނުވަތަ ސޮފްޓްވެއަރ އެވެ. މީގެ ތެރޭގައި ލިބޭ މައުލޫމާތުން ކަންކަން ދަސްކުރުމާއި، ބުއްދީގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރުމާއި، ބަހާއި މުއާމަލާތްތައް ދެނެގަތުމާއި، ތަފާތު ނަމޫނާތައް ވަކިކުރުމުގެ އިތުރުން މުހިންމު ނިންމުންތައް ނިންމުން ހިމެނެއެވެ. މިއީ އަމިއްލައަށް ކަންކަން ތަޞައްވުރުކޮށް، އިންސާނެއްގެ ބުއްދީގެ ހަމަތަކުން ވިސްނައި، އަދި އައު އީޖާދުތައް ކުރުމުގެ ގާބިލުކަން ލިބިފައިވާ، 21 ވަނަ ގަރުނުގައި އިންސާނުން އުފެއްދި އެންމެ މޮޅު އުފެއްދުމޭވެސް ބުނެވިދާނެއެވެ. 

މި ޒަމާނުގައި އޭއައި އަކީ ދިރިއުޅުމާ އިންތިހާއަށް ލާމެހިފައިވާ، އުފެއްދުންތެރި މަސައްކަތްތަކުގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން، އޭއައި ބޭނުން ކުރަނީ ހަމައެކަނި މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް ނުވަތަ މައުލޫމާތު ހޯދާ، ދިރާސާކުރުމަށް އެކަންޏެއް ނުނެވެ. އުފެއްދުންތެރިކަމުގެ އެތައް ދާއިރާއެއްގާވެސް މީގެ ބޭނުން އިންސާނުން އަންނަނީ ހިފަމުންނެވެ. މިއާއިއެކު، އައު ދިރާސާތަކުން ހާމަވާ ގޮތުގައި، އުފެއްދުންތެރިކަން އިމްތިހާނުކުރާ ގޮންޖެހުންތަކުގައި އާންމު އިންސާނުންނަށްވުރެ މަތީ ފެންވަރަކަށް ނަތީޖާ ދެއްކުމުގެ ގާބިލުކަން ވެސް މިހާރު އޭއައިއަށް ލިބިގެންވެއެވެ.

ޔުނިވަރސިޓީ އޮފް މޮންޓްރިއަލްގެ ޕްރޮފެސަރ ކަރީމް ޖެރްބީ އިސްވެ ހުންނަވައި، އޭއައިގެ މާހިރު ޔޯޝުއާ ބެންޖިއޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި އުފެއްދުންތެރިކަން މިނެކިރާ އިމްތިހާނުތަކުގައި، އާންމު އިންސާނުންނަށްވުރެ މަތީ ނަތީޖާ ހޯދުމުގެ ގާބިލުކަން މިހާރު އޭއައި އަށް ވަނީ ލިބިފައެވެ. 'ޑައިވާޖެންޓް ކްރިއޭޓީވިޓީ އިން ހިއުމަންސް އެންޑް ލާޖް ލޭންގުއޭޖް މޮޑެލްސް' ނަމުގައި ރައްޔާރުކޮށްފައިވާ މި ދިރާސާ ވަނީ 'ސައިންޓިފިކް ރިޕޯޓްސް' (ނޭޗަރ ޕޯޓްފޯލިއޯ) މަޖައްލާގައި، 21 ޖެނުއަރީ 2026 ގައި ޝާއިޢުކޮށްފައެވެ.                     

މި ދިރާސާއަކީ އިންސާނުންނާއި މެޝިނުގެ އުފެއްދުންތެރިކަން އަޅާކިޔުމަށް މިހާތަނަށް ހިންގި އެންމެ ބޮޑު ދިރާސާއެވެ. ޕްރޮފެސަރ ޖެރްބީ ވިދާޅުވި ގޮތުގައި، މި ދިރާސާއިން އެނގިގެންދަނީ އޭއައި އަކީ ހަމައެކަނި މައުލޫމާތު އެއްކުރާ ނުވަތަ އިރުޝާދުތަކަށް ތަބާވާ އެއްޗެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އާންމު އިންސާނުންގެ ވިސްނުމާ އެއްވަރަށް އާ ޚިޔާލުތައް އުފެއްދުމުގެ ގާބިލުކަން މިހާރު އޭއައި އަށް ލިބިފައިވާކަން މިވަނީ ހާމަވެފައެވެ.

މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު އުމުރުފުރާތަކާއި، ތަޢުލީމީ ފެންވަރާއި، ސަގާފަތްތަކަށް ނިސްބަތްވާ  އެއްލައްކައަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ބައިވެރިންނަށް ދެވުނީ 'ޑައިވާޖަންޓް އެސޯސިއޭޝަން ޓާސްކް (ޑީއޭޓީ)' ނަމަކަށް ކިޔާ އިންސާނާގެ އުފެއްދުންތެރި ވިސްނުން ވަޒަންކުރާ އިމްތިހާނެކެވެ. މީގައި ބައިވެރިން ކުރަންޖެހޭ ކަމަކީ އެކި ބަސްބަހުގެ މެދުގައި އެއްވެސް ގުޅުމެއް ނެތް، ތަފާތު އަދި އާދަޔާޚިލާފު ލަފުޒުތައް ހޯދުމެވެ. މިސާލަކަށް "ގެލެކްސީ، އޫ، މިނިވަންކަން، ފެއްސި، ހާމޯނިކާ، ކުއަންޓަމް، ހަނދާން، މަހުމާ، ތޫފާން، ފޮޓޯސިންތެސިސް" ފަދަ އެކަތި އަނެކައްޗާ ނުގުޅޭ ލަފުޒުތައް ބޭނުންކުރުމަކީ މަތީ ދަރަޖައިގެ އުފެއްދުންތެރިކަން ހުރިކަން އަންގައިދޭ ކަމެކެވެ.

މީގެ އިތުރުން، ދުނިޔޭގައި މިހާރު ހުރި އެންމެ ކުރިއަރާފައިވާ އޭއައި މޮޑެލްތައް ކަމަށްވާ ޖީޕީޓީ-4، ކްލޯޑް އަދި ޖެމިނައި އަށް ވެސް މި އިމްތިހާނު ދެވުނެވެ. ނަތީޖާތަކުން ދެއްކި ގޮތުގައި، ގިނަ އިންސާނުންނަށްވުރެ އޭއައިގެ އުފެއްދުންތެރިކަން މަތީ ދަރަޖައަކަށް ހުއްޓެވެ. އެހެންކަމުން، އާންމު ދިރިއުޅުމުގައި ބޭނުންވާ އުފެއްދުންތެރި ވިސްނުމުގެ ކަންކަމުގައި އޭއައި އަކީ މިހާރު އާންމު އިންސާނާއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ކުރީގައި އުޅޭ އެއްޗެއްކަން މި ދިރާސާއިން ކަށަވަރުވެއެވެ.

ނަމަވެސް، މި ދިރާސާއިން އޭއައިގެ އުނި ކަންތައްތަކެއް ވެސް ފާހަގަވިއެވެ. އެގޮތުން، އިންސާނުންގެ ތެރެއިން އެންމެ އުފެއްދުންތެރި 10 އިންސައްތަ މީހުންނާ އޭއައި އަށް އެއްވަރެއް ނުވެވުނެވެ. ވަކިން ހާއްސަކޮށް، އިހުސާސްތަކާއި، ފުން މާނައާއި، ވާހަކަ ދެއްކުމުގެ ހުނަރު ބޭނުންވާ ކަންކަމުގައި އިންސާނުންގެ ހުނަރުވެރިކަން މާ ބޮޑެވެ. މިކަމާއި ގުޅިގެން ކޮގްނިޓިވް ފިޒިއޮލޮޖިސްޓެއް ކަމަށްވާ ޑރ. މާރީ-ކްލެއާ ބޯޗާޑް ވިދާޅުވި ގޮތުގައި، މެޝިނުތަކަށް އަވަސް މިނުގައި ގިނަ ޚިޔާލުތަކެއް އުފެއްދިދާނެ ނަމަވެސް، އިންސާނީ ތަޖުރިބާތަކާއި ސަގާފީ އަދި އަސަރުގަދަ އުފެއްދުންތައް އުފެއްދުމުގެ ގާބިލުކަން ހުންނަނީ ހަމައެކަނި އިންސާނުންގެ ކިބައިގައެވެ.

މި ދިރާސާއިން އެނގުނު އަނެއް ކަމަކީ އޭއައިގެ އުފެއްދުންތެރިކަން ބިނާވެފައިވަނީ އޭގެ ޓެކްނިކަލް ސެޓިންގްސްތަކުގެ މައްޗަށް ކަމެވެ. އޭއައި އަށް ދޭ މިނިވަންކަން ނުވަތަ "ޓެމްޕަރޭޗަރ" މަތިކުރުމުން އާދަޔާޚިލާފު ޚިޔާލުތައް އުފައްދާއިރު، ދަށްކުރުމުން އާންމު ޚިޔާލުތައް އުފައްދައެވެ. މިއިން އެނގެނީ އޭއައި އަކީ އިންސާނާގެ އިރުޝާދާ ނުލައި ފުރިހަމަ ނުވާނެ އެއްޗެއް ކަމެވެ.

މި ހޯދުންތަކުގެ ސަބަބުން ލިޔުންތެރިކަމާއި، އިޝްތިހާރު ކުރުމާއި، ފަރުމާކުރުމާއި، ސައިންޓިފިކް ދިރާސާތަކުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އޭއައި އަކީ އިންސާނާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ އެހީތެރިއަކަށް ވީ ނަމަވެސް، އިންސާނާގެ ހިތާއި ސިކުނޑިން އުފަންވާ ފުން އިހުސާސްތަކާއި މާނަތައް ބަދަލެއް ނުކުރެވޭނެއެވެ. ޕްރޮފެސަރ ޖެރްބީ ވިދާޅުވި ފަދައިން، "އުފެއްދުންތެރިކަމުގެ މުސްތަގުބަލު އޮތީ އިންސާނުންނާއި އޭއައި ގުޅިގެން ކުރާ މަސައްކަތުގެ މައްޗަށެވެ."

ކުރިން އިންސާނުންނަށް އެކަނި ލިބިފައިވާ ސިފައެއް ކަމަށް ބެލެވުނު އުފެއްދުންތެރި ވިސްނުން މިހާރު މިވަނީ މެޝިނުގެ އެހީގައި އައު އުސްމިންތަކަކަށް ވާސިލުވެފައެވެ. އެހެންނަމަވެސް، އިންސާނީ ރޫހާއި، އިހުސާސްތަކާއި، މާނަފުން އުފެއްދުންތައް އުފެއްދުމުގެ ބާރު އަދިވެސް އޮތީ އިންސާނުންގެ އަތްމަތީގައެވެ. އޭއައި އަކީ އިންސާނާގެ ޚިޔާލުތައް ފުޅާކޮށްދޭ މަގަކަށް ވީނަމަވެސް، އުފެއްދުންތެރިކަމުގެ އަސްލަކީ އިންސާނާގެ އަމިއްލަ ވިސްނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.