ރޯދަ ބާޒާރު ފަށަން ތައްޔާރުވެފައި: ފޮޓޯ/ އެޗްޑީސީ
ހަބަރު
27 Jan 2026 | 12:37
އެޗްޑީސީއާއެކު ރަމަޟާން 1447: ހުޅުމާލޭގައި މާދަމާ "ރޯދަ ބާޒާރު" ފަށަނީ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކުރާ "ރޯދަ ބާޒާރު" މާދަމާ ހުޅުމާލޭގައި ފެށުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ، މި ބާޒާރަކީ އެ ކޯޕަރޭޝަނާއި ހައިރައިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ބާޒާރު ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބާޒާރު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:30 އަށެވެ.

މި ފަހަރުގެ ރޯދަ ބާޒާރުގައި ޖުމްލަ 50 ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓޯލްތަކުން ރަމަޟާން މަހަށް ބޭނުންވާ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކައްކާ ތެއްޔާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނު، ގޭތެރެ ޒީނަތްތެރިކުރާ ތަކެތި، އަންނައުނު، ހާޑްވެއާ ސާމާނު އަދި އެކި ބާވަތްތަކުގެ ކާބޯތަކެތި ހިމެނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި ބާޒާރު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ރަމަޟާން މަހަށް ތައްޔާރުވުމަށް ގޭތެރެއަށް ބޭނުންވާ ތަކެތި އާންމު ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު، އަދި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުގެ އަބަދުވެސް އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބެން ހުންނަ، ރައްޔިތުންނަށް ދިރިއުޅެން ހިތްފަސޭހަ މާހައުލަކަށް ހެދުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.