ހުޅުމާލެ 3 ފޮޓޯ/ އެމްއޭސީއެލް
ހަބަރު
27 Jan 2026 | 16:30
ފޭސް 3 ކުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ހައްދައިދެނީ

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު މީހުން ރަޖިސްޓްރީ އާކުރަން ފުރުސަތު ދިނުމަށް ނިންމައި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށްވެސް އިތުރު ފުރުސަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާކަމަށެވެ.

ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ. މިނިސްޓްރީން ބުނީ ގޯތިތައް ކުރިން ހުރިތަނަށް އައި ބަދަލާ ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލުކޮށް، އައު ބަންޑާރަގޯތީގެ ރަޖިސްޓަރީ ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފައިނުވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އިއްޔެއިން ފެށިގެން މާޗްމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ގުޅީފަޅުގެ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ޙަވާލުވެފައިނުވާ ފަރާތްތަކަށްވެސް އެ މުއްދަތުގެ ތެރޭގައި ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބިގެންދާނޭކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިއުން:

- ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެކެއްގެ އައިޑީކާޑު

- ގޯތިލިބޭ ފަރާތް ނޫން އެހެން ފަރާތެއް ހާޒިރުވާނަމަ ޕަވާއޮފް އެޓާނީ އާއި އައިޑީކާޑު ކޮޕީ

- މިނިސްޓްރީ އާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ

- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ

 ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހިއްކުމަށް ކަނޑައެޅިފައިވާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، އެތަނުން 1،351 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގުޅީފަޅުން ގޯތި ދިނުމަށް 150 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުން 3،520 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.