ބީއެމްއެލް އިސްލާމިކްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓްގެ ދަށުން މުވައްޒަފުން ހިންގި 5 ޕްރޮޖެކްޓެއް
ވިޔަފާރި
28 Jan 2026 | 10:49
ބީއެމްއެލް އިސްލާމިކްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓްގެ ދަށުން މުވައްޒަފުން ހިންގި 5 ޕްރޮޖެކްޓެއް ނިންމާލައިފި

ބީއެމްއެލް އިސްލާމިކްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓްގެ ދަށުން ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ހިންގި 5 ޕްރޮޖެކްޓެއް ނިންމާލައިފިއެވެ. އަދި އިތުރު 2 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. 

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން، މުޖުތަމަޢާ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައިމުވައްޒަފުންނަށް ހުޅުވާލި ގްރާންޓެކެވެ. މި ގްރާންޓުގެ ދަށުން ހިންގާފައިވަނީތައުލީމާއި ތިމާވެއްޓާ ގުޅުންހުރި، އިޖުތިމާއީ ޕްރޮޖެކްޓްތަކެވެ. 

ގްރާންޓްގެ ދަށުން ނިންމި 5 ޕްރޮޖެކްޓަކީ: 

1. ސ.އަތޮޅު ތައުލީމީ މަރުކަޒުގައި ސްޓަޑީ އަދި ރީޑިންއަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުން.

މި ސްޓަޑީ އަދި ރީޑިންގ ސަރަހައްދުގައި ވޯޓަރ ރެސިސްޓެންޓް ބެންޗާއި މޭޒު ބަހައްޓައި، ހިޔާކުރުމަށް ފުރާޅެއް ހަދާފައި ވެއެވެ. މި ތަން ފަރުމާކޮށްފައިވަނީ ހަމަހިމޭން މާހައުލެއްގައި ފޮތް ކިޔުމާއި، ގިނަ ކުދިން އެއްކޮށް ކިޔެވުމަށް އެކަށީގެންވާ ގޮތަށް، ވަށައިގެން ގުދުރަތީ ފެހިކަން ހިމެނޭ ގޮތަށެވެ. 

2. ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ފެން އަދި ވެލި ކުޅޭ ސަރަހައްދެއް ގާއިމުކުރުން

މި ޕްރޮޖެކްޓްގެ މަގްސަދަކީ ކުދީންނަށް އުފާވެރި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާމާހައުލެއް ގާއިމުކުރުމެވެ.

3. ގދ. އަތޮޅު ސްކޫލުގައި ބެންޗްތަކެއް ގާއިމުކުރުން

މިއީ ބެލެނިވެރިންނަށާއި، ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، މުވައްޒަފުންނާއި ދަރިވަރުންނަށް އިށީނދެލައިގެން ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީ،ސްކޫލްގެ މާހައުލަކީ އެންމެނަށްވެސް ހިތްހަމަޖެހޭ ފަދަ ތަނަކަށް ހެދުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.  

4. ދަރުމަވަންތަ ހޮސްޕިޓަލުގައި 'ސްޓޫޑަންޓް ރިސޯސްހަބް' އެއް ގާއިމުކޮށް ސިއްހީ ދާއިރާއިން ކިޔަވާކުދިންނަށް އެހީތެރިވުން

ދަރުމަވަންތަ ހޮސްޕިޓަލުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ގާއިމުކުރެވުނު މި ހަބްގައި މުހިންމު މެޑިކަލް ފޮތްތައްހިމެނޭ ފޮތް ހަރުގަނޑަކާއި، 'ތްރީ-ޑީ އެނަޓޮމީ އެޓްލަސް' ސަބްސްކްރިޕްޝަން ފަދަޑިޖިޓަލް ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން، ކިޔެވުމާއި ދިރާސާކުރުމަށްބޭނުންވާ މައިކްރޮސްކޯޕްތަކާއި، ބައިނޮކިއުލާ މައިކްރޮސްކޯޕް އަދި އިލެކްޓްރޯނިކްސްކޭލް ފަދަ ލެބޯޓްރީ ސާމާނު ވެސް މި ހަބްގައި ލިބެން ހުރެއެވެ.

5. މުރައިދޫ ސްކޫލުގައި ވޯކްވޭއެއް ގާއިމުކުރުން

މި މަޝްރޫއުގެ ބޭނުމަކީ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ކްލާސްރޫމްތަކާއި، އިދާރީ އޮފީސްތަކާއި، ބޭރުގެ ސަރަހައްދުތައް ގުޅުވައިދޭ ރައްކާތެރިމަގެއް ފޯރުކޮށްދިނުމެވެ. މި މަގުގެ ސަބަބުން ކޮންމެ  މޫސުމެއްގައި ވެސް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ކަން ކަށަވަރުވެ، ސްކޫލްގެ މާހައުލަކީ ރައްކާތެރި ތަނަކަށްވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.