ފުލުހުންގެ މައި އިދާރާ-- ފޮޓޯ/ ވޮއިސް
ހަބަރު
29 Jan 2026 | 13:54
ބޯކޮށާ ތަނަކުން ވައްކަން ކުރަން އުޅުނު 2 ދިވެހިން ހައްޔަރުކޮށްފި

މާލޭގައި ބޯކޮށާ ސެލޫނަކުން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި 2 ދިވެހިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ އަންހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. 

މި ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ބަންދު މުއްދަތު ޖަހައިފައެވެ. މި ދެމީހުންނަށް ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. 

ބަންދު އަމުރުގައިވަނީ، އެ ދެ މީހުން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް ވަރަކަށް ބާރުދޭ މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން، އެ ދެ މީހުން، ސެލޫނެއްގެ ދޮރު ފޭކޮށްގެން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް އަމުރުގައިވެއެވެ.

ފުލުހުން މިހާރުވަނީ އެ ދެ މީހުން ގެންގުޅުނު އުޅަނދެއް ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ އުޅަނދުން، ދޮރު ހަލާކުކޮށްލަން ބެނުން ކުރި ކަމަށް ބެލެވޭ ފުށްކަށްޓެއް ފެނުނު ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. 

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން، މިދިޔަ އަހަރު ފުލުހަށް ހުށަހަޅާފައިވާ 12,096 މައްސަލައިގެ ތެރެއިން 3,478 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.