ހިޔާ ޓަވަރު 5 ގެ މައި ފާހާނާ ހޮޅި އާ ދިމާ ވައިގޮޅި ސާފްކުރުމުގައި... ފޮޓޯ: ވޮއިސް
ހަބަރު
31 Jan 2026 | 07:52
ހިޔާ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މައި ފާހާނާ ހޮޅި މަރާމާތުކުރަން ފަށައިފި

އިއްޔެ އިރުއޮއްސުނުފަހުން ހިޔާ ޓަވަރު 5 ގެ ވައިގޮޅިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މައި ފާހާނާ ހޮޅިލައިން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ހިޔާގެ އެ ޓަވަރުގައި ހިނގި އަލިފާނުގެ މި ހާދިސާގައި ބައެއް އެޕާޓްމަންޓްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މިކަމާ ގުޅޭގޮތުން ޑިޒާސްޓާއިން ބުނީ، އި ފާހަނަ ހޮޅިއަށް ގެއްލުން ލިބިފައިވާތީ، ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށް އިންސިޑެންޓް ކޮމާންޑަރުގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. ލިބުނު ގެއްލުންތައް ދެނެގަތުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް، ދިވެހި ފުލުހުން، އެޗް.ޑީ.ސީ އަދި މާލެ ވޯޓަރ އެންޑް ސުވެރޭޖް ކޮންޕެނީ ، ސްޓެލްކޯ ގުޅިގެން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އިއްޔެ ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސީދާ ސަބަބެއް އަދި ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއީ ބައެއްގެ އިހުމާލުން ހިނގިކަމެއްކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މިކަން ހިނގިކަމަށް ބުރަވެވެނީ، ސިނގިރޭޓް ބުއިމަށްފަހު ވައިގޮޅިތެރެއަށް ފިލްޓަރުބުރި އެއްލާލުން ކަހަލަ ކަމެއްގެ ސަބަބުން ކަމަށެވެ. ވޮއިސްއިން މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ރޯވި ވައިގޮޅީގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓް ތަކަށާއި، ފާހާނާ ހޮޅިލައިންތަކަށެވެ. އެގޮތުން ގިނަ އެޕާޓްމަންޓް ތަކެއްގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަލިފާނުގެ އަސަރުކޮށްފައެވެ.

އިއްޔެގެ މި ހާދިސާގައި ޑިޒާސްޓާ މެނޭޖްމަންޓްގެ އެހީތެރިކަމަށް އެއްވެސް އާއިލާއެއް އެދުނުކަން ނުވަތަ ނޫންކަން އަދި މިހާތަނަށް އެފަރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޔާގައި އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މުޅި ޓަވަރުން މީހުން ހުސްކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ނަމަވެސް ފަހުން އަލިފާންގަނޑު ކޮންޓްރޯލްވިކަން ޔަގީންވުމުން ވަނީ، ޓަވަރަށް މީހުން އައިސް ވަނުމަށް ދޫކޮށްލާފައެވެ. 

މީގެ ކުރިންވެސް ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.