ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލްގެ ތެރެއިން... ފޮޓޯ؛ ބީސީސީ
ވިޔަފާރި
31 Jan 2026 | 15:50
ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވެއްޖެ

ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި މި ސަރަހައްދުގައި ބާއްވާ އެންމެބޮޑު ފެއާކަމަށްވާ ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޔޫއޭއީގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލުގައި ދިވެހިރާއްޖެ ތަމްސީލްކުރާ ވަފުދުގައި އިސްކޮށް ޙަރަކާތްތެރިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

މި ފެސްޓވަލްގައި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ތިން ވިޔަފާރިއެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ޕައި ނެޓްވޯކްސް، ޖަވާބު އަދި މަޝްހޫރު އީޒެޕް ފާހަގަކޮށްލެވެއެވެ. ބީސީސީން ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އީޖާދީ މަސައްކަތްތައް ސަރަހައްދީ ފެންވަރުގައި ދައްކާލުމާއި، އިސްތިރާތީޖީ ގުޅުންތައް ގާއިމުކުރުން ކަމަށެވެ.

ފެސްޓިވަލްގައި ބައިވެރވި ރާއްޖޭގެ ޓީމް.. ފޮޓޯ: ބީސީސީ

މީގެ އިތުރުން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުން ކަމަށާއި، މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ އެގްޒިބިޝަންތަކާއި ނެޓްވޯކިންގް ސެޝަންތަކުގެ އެހީގައި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނޭ ކަމަށެވެ.

މި ފެސްޓިވަލަކީ މެދުއިރުމައްޗާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސްޓާޓްއަޕްތަކާއި، އީޖާދީ މަސައްކަތްތަކާއި، އަދި އެކި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ހަރަކާތުގައި އިންވެސްޓަރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއަރުވާ ފަރާތްތަކުން ބައިވެރިވެއެވެ.

ބީސީސީން މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށާއި، ޕްރައިވެޓް ސެކްޓަރުގެ ވާދަވެރިކަން އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތައް ބައިނަލްއަގުވާމީ އީޖާދީ ވިއުގަތަކާ ގުޅުވައިދިނުމަށް ބޮޑު އެހީއަކަށް ވެގެންދާނޭކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.