ފިހާރައެއްގައި ވިއްކަން ހުރި އޮރެންޖުތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
01 Feb 2026 | 20:00
ބާޒާރުން އޮރެންޖު މަދުވެ، އޮރެންޖުގެ އަގު އުފުލެން ފަށައިފި

މާލޭ ބާޒާރުން އޮރެންޖު މަދުވެ، އޮރެންޖެއްގެ އަގު 10 ރުފިޔާއަށް އުފުލިއްޖެއެވެ.

މާލޭ ބާޒާރުމަތީ ފިހާރަތަކަށް ބަލާއިރު، ގިނަ ފިހާރަތަކަކުން އޮރެންޖު ހުސްވެފައި ހުރިއިރު، އޮރެންޖު ހުރި ފިހާތަކުގައި އޮރެންޖެއްގެ އަގު ހުރީ 6 ރުފިޔާ އާއި 10 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން މިއަދު އޮރެންޖެއްގެ އަގު 10 ރުފިޔާގައި ހުރިއިރު، އެއްގަމުގެ ގިނަ ފިހާރަތަކުން އޮރެންޖު ހުރީ ހުސްވެފައެވެ.

ހުޅުމާލެއަށް ބަލާއިރު ފޭސް ދޭއްގެ ބައެއް ސުޕަމާޓްތަކުގައި އޮރެންޖެއްގެ އަގު 13 ރުފިޔާގައި ހުރިއިރު، ހުޅުމާލޭ ފޭސް އެކެއްގެ މާރުކޭޓްތަކުގެ ގޮޅިތަކުން އޮރެންޖު ލިބެންހުރީ ވަރަށް މަދުންނެވެ. ބައެއް ފިހާރަތަކުން ބުނީ މިހާރު އޮރެންޖު ނުލިބޭކަމަށާއި، އަގުބޮޑުވެގެން އުޅެނީ އެހެންވެގެން ކަމަށެވެ. އަދި އޮރެންޖު ލިބޭނޭ ދުވަހެއް ނޭނގޭކަމަށްވެސް އެފަރާތްތަކުން ބުންޏެވެ.

ފޭސް ދޭއްގެ ސުޕަމާޓެއްގައި ވިއްކަން ހުރޮ އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުން އޮރެންޖު ލިބުން ދަތިވެ، އޮރެންޖުގެ އަގު އުފުލިގެން ދިޔަނަމަވެސް އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާޓުން އޮރެންޖު 6 ރުފިޔާ އާއި 7 ރުފިޔާ އާ ދެމެދުގެ އަގުގައި ލިބެންހުރިކަމަށް ސުޕަމާޓުން ވަނީ ބުނެފައެވެ.

އޮރެންޖަކީ މޭވާގެ ތެރެއިން ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބާވަތެވެ. ބާޒާރުގައި އޮރެންޖުގެ އަގުތައް އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އޮރެންޖު އެތެރެކޮށް ވިއްކަން ފަށާފައެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަން ފެށިއިރު، މާލޭ ބާޒާރުގައި އޮރެންޖެއްގެ އަގު ހުރީ 12 ރުފިޔާގައެވެ. ނަމަވެސް ފަހުން ވަނީ އޮރެންޖުގެ އަގު 4 ރުފިޔާއަށް ދަށަށްގޮސްފައެވެ. ދޭތެރެއަކުން މާލޭ ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނަ ނަމަވެސް، އާއްމު ގޮތެއްގައި 5 ރުފިޔާއަށް އޮރެންޖު ލިބެން ހުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.