ހަލާކުވި ބައެއް އޭސީ އައުޓްޑޯ ޔުނިޓްތައް... ފޮޓޯ: ވޮއިސް
ހަބަރު
02 Feb 2026 | 01:44
ހިޔާ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ އޭސީ އައުޓްޑޯ ޔުނިޓްތައް ބޭނުންނުކުރެވޭވަރަށް ހަލާކުވެއްޖެ

މިދިޔަ ހުކުރުދުވަހު އިރުއޮއްސުނުފަހުން ހިޔާ 5 ވަނަ ޓަވަރުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ އޭސީ އައުޓްޑޯ ޔުނިޓްތައް ބޭނުންނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

ހިޔާ ޓަވަރުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ، އެދުވަހުގެ 18:30 ހާއިރު އޭސީ އައުޓްޑޯ ޔުނިޓްތައް ބަހައްޓާފައި ހުންނަ ވައިގޮޅިތެރޭގައެވެ. އަލިފާނުގެ ހާދިސާއަށްފަހު ޖެހިގެން އައި ދުވަހު އެޗްޑީސީއާ ފުލުހުންގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ވަނީ އަލިފާން ހިފި ވައިގޮޅި ސަރަހައްދު ސާފްކުރަން ފަށާފައެވެ. 

އަލިފާނުގެ ހާދިސާގައި އެންމެބޮޑަށް ގެއްލުން ލިބިފައިވަނީ އެޕާޓްމަންޓްތަކުގެ އޭސީ އައުޓްޑޯ ޔުނިޓްތަކަށެވެ. އެޗްޑީސީން ވަނީ ހަލާކުވި އޭސީ ޔުނިޓްތައް ޓަވަރުން ބޭރަށް ނެރެފައެވެ. ވޮއިސް އިން ބެލިބެލުމުން އެނގުނު ގޮތުގައި އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ތެރެއިން 56 ޔުނިޓެއް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. 

ހަލާކުވި ބައެއް އޭސީ އައުޓްޑޯ ޔުނިޓްތައް... ފޮޓޯ: ވޮއިސް

ހިޔާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޓަވަަރު ފަހަކުން 18 އެޕާޓްމަންޓެއްގައި ދިރިއުޅެމުންއައި 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. 

 ޓަވަރު 5 ގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ވައިގޮޅީގެ ތެރޭގައި ހަރުލާފައިހުރި ކުނިތަކެއްގައި ރޯވެގެންނެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.