ގްރެފިކްސް: ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ހަބަރު
02 Feb 2026 | 11:28
ޑިސެންބަރުމަހު، 4 ކުއްޖަކު އަނބުރާ ޢާއިލާތަކާއި ހަވާލުކޮށް، 3 ކުއްޖަކު ފޯސްޓާ ކުރެވުނު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނިމިދިޔަ ޑިސެންބަރު މަހު 4 ކުއްޖަކު އަނބުރާ އެކުދިންގެ ޢާއިލާތަކާ ހަވާލުކޮށް، 3 ކުއްޖަކު ފޯސްޓާ ޢާއިލާތަކާ ހަވާލުކޮށްފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 31 ޑިސެންބަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 122 ކުދިން އެބަތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ 84 ފިރިހެން ކުދިންނާއި 68 އަންހެން ކުދިންނެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ 4 ކުއްޖަކު ޢާއިލާތަކާއި ރީއިންޓެގްރޭޓް ކުރެވި، 3 ކުއްޖަކު ފޯސްޓަރ ޢާއިލާތަކާއި ހަވާލުކުރެވިފައިވެއެވެ.

ވުޒާރާގެ ހެލްޕްލައިންއަށް ގިނަ ކޯލްތަކެއް

ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރު މަހު އެކަނިވެސް އެކި ކަންކަމާ ގުޅޭގޮތުން ޖުމްލަ 2,633 ކޯލު ހެލްޕްލައިންތަކަށް ވަނީ ލިބިފައެވެ.

އެގޮތުން ޗައިލް ހެލްޕްލައިން (1412) އަށް ޖުމްލަ 2,260 ކޯލު ލިބުނެވެ. މީގެ ތެރޭގައި ކުޑަކުދިން ގުޅި 115 ކޯލާއި، ބޮޑެތި މީހުން ގުޅި 1,834 ކޯލު ހިމެނެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް 311 ފަރާތަކުން ގުޅާފައިވެއެވެ.

ސޯޝަލް ސަރވިސް ހެލްޕްލައިން (1421) ނަންބަރަށް ޖުމްލަ 373 ކޯލު ލިބިފައިވެއެވެ.

ކައުންސިލިންއާއި އިޖުތިމާޢީ އެހީތެރިކަން

އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި މަހު 107 ފަރާތަކަށް ކައުންސިލިން ސެޝަންތައް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން 10 ފަރާތަކަށް ޓްރޭނިންގ ސެޝަން، 10 ފަރާތަކަށް ޕޭރެންޓިންގ ސެޝަން އަދި 10 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވަނީ ދީފައެވެ. އަދި އަތޮޅުތެރޭގައި ހިނގި 2 މައްސަލައަކަށް ވުޒާރާއިން ވަނީ އެޓެންޑުވެފައެވެ.

އިޖުތިމާޢީ އެހީތެރިކަން ބޭނުންވެގެން ޑިސެންބަރު މަހު 3 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ދަތިކަން ހުރި 2 މައްސަލައެކެވެ. މި ހުރިހާ މައްސަލައަކީވެސް އަންހެނުންނާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.