ކުޑަ ކުއްޖެއް-
ހަބަރު
02 Feb 2026 | 11:55
ޑިސެންބަރު މަހުވެސް އެންމެ ގިނައީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަ؛ އެފަދަ 25 މައްސަލަ ހުށަހެޅުނު

2025 ވަނަ އަހަރުގެ ޑިސެންބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މިދިޔަ ޑިސެންބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 85 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 25 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 14 މައްސަލައާއި، ފިރިހެން ކުދިންނާ ގުޅޭ 10 މައްސަލައެއްގެ އިތުރުން ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ އެއް މައްސަލައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ފިރިހެން ކުދިންނާ ގުޅޭ 13 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 14 މައްސަލައަކާއި، ގެވެށި އަނިޔާ ފެނުމުގެ 11 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ކުދިންގެ އަޚްލާޤީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 13 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ސްކޫލަށް ދާން ބޭނުން ނުވުމުގެ  މައްސަލައެވެ. އެފަދަ 4 މައްސަލައެއް ހުށަހެޅުނެވެ.

މީގެ އިތުރުން އާއިލީ މައްސަލަތަކުގެ 50 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 18 މައްސަލައަކާއި ހަޟާނާގެ 14 މައްސަލައެއް ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ޑިސެންބަރު މަހު ޖުމްލަ 53 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 50 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 03މައްސަލައެކެވެ. 

މީގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެއީ 16 މައްސަލައެވެ. 

ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އެ މަހު ހުށަހެޅިފައިވަނީ އައިޑީ ކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ އެންމެ މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.