އުރީދޫ ބިލްޑިންގ
ވިޔަފާރި
03 Feb 2026 | 10:46
އުރީދޫގެ ހިއްސާއަކަށް 3.54 ރުފިޔާ ބަހަން ބޯޑުން ނިންމައިފި

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން 2025 ވަނަ އަހަރުގެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 3 ރުފިޔާ 54 ލާރި ދިނުމަށް ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު އުރީދޫގެ ޑިރެކްޓަރުންގެ ބޯޑު ޖަލްސާގައެވެ. މި ޖަލްސާގައި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ވެސް ވަނީ ފާސްކޮށްފައެވެ.

ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޑިވިޑެންޑް ލިބުމުގެ ހައްގު ލިބިގެންވަނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު، މި މަހުގެ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އާންމުކޮށް ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެ ތާރީޚުގެ ކުރިން، އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ ވެސް ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި އަހަރުގެ މާރިޗު މަހު ބާއްވާ އަހަރީ އާންމު ޖަލްސާއަށް، ބޯޑުން ހުށަހަޅާފައިވާ ޑިވިޑެންޑާއި މާލީ ހިސާބުތައް ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅޭނެއެވެ. ހިއްސާދާރުން މި ޑިވިޑެންޑް ފާސްކޮށްފިނަމަ، މާރިޗު މަހުގެ ތެރޭގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

ކުންފުނިން ބުނި ގޮތުގައި، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި އަދި ވޯޓުލުމާ ގުޅޭ ތަފުސީލުތައް ވެސް 17 ފެބްރުއަރީގައި އާންމުކުރާ ނޯޓިސްއާއެކު ހިއްސާދާރުންނަށް ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.