އުރީދޫއިން ޓެމޫއާއެކު އެއްބަސްވުން ހެދުން: ފޮޓޯ/ އުރީދޫ
ވިޔަފާރި
03 Feb 2026 | 13:26
އުރީދޫ އެޕުން 100 ރުފިޔާ ހަރަދުކޮށްގެން 100 ޑޮލަރުގެ ޓެމޫ ޑިސްކައުންޓް

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނަރޝިޕެއް ހަދައިފިއެވެ. 

އުރީދޫ މޯލްޑިވްސް އިން ބުނީ، ޓެމޫ އާއެކު ވެވުނު އެއްބަސްވުމާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗަރ ބަންޑްލްއެއް ލިބިގެންދާނެ ކަމަށެވެ.

އަދި އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އޮފާއާއެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ އަދި އަތްފޯރާ ފަށުގައި ގަނެވޭނެ އެވެ.

"ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޓެމޫއާ އެކު މި ޕާޓްނަރޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށ އެޅުނު އިތުރު ފިޔަވަޅެއް،"

ހުސައިން ނިޔާޒު، ޗީފް ކޮމާޝަލް އޮފިސަރ، އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އާއި ޓެމޫ ގުޅިގެން ހަދާފައިވާ މި ޕާޓްނަރޝިޕަކީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ބާރުދޭ އެއްބަސްވުމަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.