އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް-- ފޮޓޯ/ އާރްޑީސީ
ހަބަރު
03 Feb 2026 | 14:43
އާރްޑީސީއިން ފައިސާ ނެގިވަރަށް މިދިޔަ ސަރުކާރުގައި މަސައްކަތް ކުރެވިފައެއް ނެތް: ނަޒީމް

މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔުމަށް އާރްޑީސީއާއި ހަވާލުކުރި މަޝްރޫއުތަކަށް އެ ކުންފުނިން ނެގި ފައިސާއާއި އެކަށޭނެ މިންވަރަށް މަސައްކަތް ކުރެވިފައި ނެތްކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ. 

ނަޒީމް މިހެން ވިދާޅުވި ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަަކަފުޅު ދައްކަމުންނެވެ. 

މި ޕްރޮގުރާމްގެ ތެރެއިން، ކުރީ ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވާ 17 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފަށާފައިވާއިރު، މި މަޝްރޫއުތައް ހުއްޓުމުގެ ސަބަބަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ނަޒީފް ވިދާޅުވީ މި ސަރުކާރާއި ހަމައަށް އައި އިރު މި މަސައްކަތްތައް ހުރީ އެއްކޮށް ހުއްޓިފައި ކަމަށެވެ. އަދި މި ޕްރޮޖެކްޓުތަކަށް ކަނޑައެޅިފައި އޮތް ބަޖެޓުގެ ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފައިސާ ހުރީ އާރްޑީސީއަށް ނަގާފައި ކަމަށްވިޔަސް އެއާ އެކަށޭނެ އަމަލީ މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން، މި ސަރުކާރުން މި މަސައްކަތް ކުރިއަށް ގެންދަން ބެލި އިރު ބަޖެޓުގައި ހުރީ ވަރަށް މަދު އަދަދެއްކަމަށްވުމުން މި މަސައްކަތް އަލުން ފަށާ، ކުރިއަށް ގެންދިޔުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަމަށްވެސް ނަޒީފް ވިދާޅުވިއެވެ. 

"މިއީ ކުރީ ސަރުކާރުން އާރްޑީސީއާއި ހަވާލުކުރެވިފަ އަދި އޭގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ ވެސް ކުންފުންޏަށް ނަގާފަ އެ ފައިސާ އަޅުގަނޑުމެންނަކަށް ނޭނގޭ ބޭނުންކޮށްފަ ހުރީ ކޮންކަމަކަށް ކަމެއް. މަގުތަކުގެ މަސައްކަތެއް ކުރިއަށް ގޮއްސައެއް ނެތް" 

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް

ނަމަވެސް މި މަސައްކަތްތައް އަލުން ފަށާ، ކުރިއަށް ގެންދެވެން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި، މި މަސައްކަތްތަކަށް ދެއްވި އަހައްމިއްޔަތުގެ ސަބަބުންކަމަށް ވެސް ނަޒީފް ވިދާޅުވިއެވެ. 

އަދި މި މަސައްކަތްތައް މިހާރު ބާޑު ސްޕީޑުގައި ކުރިއަށްދާކަމަށާއި، މިވަގުތު 5 ރަށެއްގެ މަސައްކަތް ތާރުއެޅުމާއި ހަމައަށް ނިމިފައިވާކަމުގެ ޔަގީންކަންވެސް ނަޒީފް ވަނީ ދެއްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.