ޕެންޝަން އޮފީސް ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
03 Feb 2026 | 18:40
ޓްރެޜަރީ ބޮންޑްގައި އިންވެސްޓްކުރުމުން ޑޮލަރުގެ ރިޒާވްއެއް އުފެދިގެންދާނެ: ޕެންޝަން އޮފީސް

ފިނޭންސުން ދޫކުރުމަށް ނިންމާފައިވާ ޓްރެޒަރީ ބޮންޑުގައި އިންވެސްޓްކުރުމުން ދިވެހި ރުފިޔާގެ ދައުރުވުން އިތުރުވެ، އެކަމުގެ ސަބަބުން ނޭދެވޭ ބަދަލެއް އަތުވެދާނޭކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕެންޝަން އޮފީހުން ޖަވާބުދީފިއެވެ.

ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، ފިނެންސް މިނިސްޓްރީން ތްރެޒަރީ ބޮންޑް ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި ޑޮލަރުން އަނބުރާ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކުރުމަށް ކަމަށެވެ. ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ ރިޓަޔަމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބޮންޑްތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑް ސެކަންޑަރީ މާކެޓްގައި ވިއްކާލުމަށްފަހު ލިބޭ ފައިސާގެ ތެރެއިންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުގެ މި ބޮންޑްގައި އިންވެސްޓްކުރުމަށް ނިންމި ނިންމުން ހާމަކޮށްފައެވެ. އެއޮފީހުން ބުނީ މި މުއާމަލާތުގެ ސަބަބުން ބޭޒާރުން ބޭރުފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ރިޒާވެއް އުފެދިގެންދާނޭކަމަށެވެ. މީގެ އިތުރުން ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮސްފައިވާ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުއާމަލާތްތަކުން ލިބިގެންދިޔުމުގެ އިތުރުން ޕޯތްފޯރިއޯ ރިޓާންވެސް އިތުރުވެގެން ދާނޭކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުން ބުނީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ބޯޑު މެމްބަރުންގެ މައްޗަށް ލާޒިމްކުރަނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތު އިސްކޮށް އެ މެމްބަރުންނަށް އެންމެ ފައިދާހުރި ގޮތަކަސް ފަންޑު ހިންގުމަށް ބޭނުންވާ ނިންމުންތައް ނިންމުމަށް ކަމަށެވެ. އެގޮތުން ބޮންޑް ގަތުމުގެ މުއާމަލާތްތަކުގައި މިހާތަނަށް އަމަލުކޮށްފައިވާނީ ޕެންޝަނާބެހޭ ޤާނޫނާއި، އަދި ހެދިފައިހުރި ޤަވާއިދުތަކާއި އުސޫލުގެ ތެރެއިންކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.