ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާ --
ހަބަރު
03 Feb 2026 | 20:06
އެއް އަހަރުގެ ކާމިޔާބީ؛ އައިވީއެފް ހަދައިގެން 23 އަންހެނަކު ބަލިވެއިން

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުން ހިދުމަތް ހޯދި 23 އަންހެނެއްގެ ބަނޑުގައި ދަރިފުޅު ގަރުބަގަނެ އައިވީއެފް ކާމިޔާބުވެފައިވާ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރު ހުޅުވީ 2024 ނޮވެންބަރު މަހު އެވެ. އެ ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށް ދެއްވި މި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ކާމިޔާބީތައް ފާހަގަ ކޮށްފަ އެވެ.

ކާމިޔާބީ ހިމަނާ އާންމުކުރި ރިޕޯޓްގައި ބުނި ގޮތުގައި އަހަރު ދުވަސްތެރޭ އެ ސެންޓަރުން 578 ދެމަފިރިއަކަށް ކޮންސަލްޓޭޝަން ހިދުމަތް ދިނެވެ. އަދި 96 މީހަކު އައިވީއެފް ފަރުވާއަށް ހޮވި 86 އަންހެނެއްގެ ބިސްނެގުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާ --

އަދި 68 އަންހެނެއްގެ ރަހިމުގައި ދަރިމައިކުރެވިފައިވާ ބިސް ވަނީ އިންދާފަ އެވެ. އޭގެ ތެރެއިން 23 އަންހެނެއްގެ ބަނޑުގައި ދަރިފުޅު ގަރުބަގަނެ އައިވީއެފް ފަރުވާ ކާމިޔާބުވި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި އެ ސެންޓަރުން އައިވީއެފް ހެދި އަންހެނަކު ޖަނަވަރީ 7, 2026 ގައި ވަނީ ކުއްޖަކު ލިބިފަ އެވެ. އެއީ އެ ސެންޓަރުން އައިވީއެފް ހަދައިގެން މީހަކަށް ކުއްޖަކު ލިބުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އިތުރު ކުއްޖަކު ވެސް ވަނީ އުފަންވެފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ އަގުބޮޑު އަދި ޒަމާނީ އެ ފަރުވާގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށް ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތަކާއި ނިޒާމުތައް ގާއިމުކޮށްފައިވާ ސެންޓަރެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާ --<br>

ސަރުކާރުން މިހާރު ވަނީ އައިވީއެފް ފަރުވާގެ ހުރިހާ ކަމަކަށް އާސަންދަަ ދޭން ނިންމާފަ އެވެ. އައިވީއެފް ފަރުވާ އަކީ ވަރަށް ހަރަދު ބޮޑު ފަރުވާ އެކެވެ. ބޭރުން އެ ފަރުވާ ހޯދަން ބައެއް ދިވެހީން އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްފައިވެ އެވެ.

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފް. އަދި އައިޔޫއައިގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މި ވައުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުން ވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.