އެމްޑީޕީ ޕްރެސްގައި ނާޒިލް ވާހަކަދައްކަވަނީ..
ހަބަރު
04 Feb 2026 | 20:04
މިދިޔަ ފަހަރުގެ ރިޔާސީ ބަޔާނުގައި ވީ އެންމެ ބޮޑު ވައުދު ނުފުއްދޭ: ނާޒިލް

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު ވައުދު، އަހަރު ނިމިގެންދިޔައިރުވެސް ނުފުއްދޭކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިދިކޮލު މައި ޕާޓީ، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިދިޔަ ރިޔާސީ ބަޔާނުގައި ސަރުކާރުގެ އެންމެބޮޑު ވައުދެއްގެ ގޮތުގައި ރައްޔިތުންނަށް ހުށަހެޅިގެންދިޔައީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ. 

ނާޒިލް ވިދާޅުވީ ބޯހިޔާވަހިކަމުގެ އަހަރެއް ނިމިގެންދިޔައިރު، ކުރުމަށް ބަޔާންކުރި އެއްވެސްކަމެއް ފެށިފައިނުވާކަމަށެވެ. ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނޭކަމަށް ވައުދުވީއިރު، އެއިން އެއްވެސް ސަރަހައްދެއްގައި އެއްވެސްކަމެއް ފެށިފައިނުވާކަން ނާޝިޒް ވިދާޅުވިއެވެ.

ހަޤީގަތުގައި ރިޔާސީބަޔާނަކީ އެއަހަރު ރައްޔިތުންނަށްވާ ވައުދެއްގެ ގޮތުގައި ރައްޔިތުންގެ މަންދޫބުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ބަޔާނެއް. ހަޤީގަތުގަައި އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް

މެންބަރު އިބްރާހިމް ނާޒިލް

މީގެ އިތުރުން އަތޮޅުތެރޭގައި ސަރުކާރުން ކުރަން އުޅުނު އެއްވެސްކަމެއް އަހަރު ނުމުނުއިރު ކުރިއަށްގެންދެވިފައިނުވާއިރު، ބަޖެތްކުރި ފައިސާތަކަސް ވީގޮތް ނޭނގޭކަން ނާޒިލްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު، ސަރުކާރުން އަންދާޒާކުރިވަރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އަދި ބާޒާރުގެ އަގުތައް ދަށަށްގޮސްފައި ނުވާކަމަށެވެ. ބަދަލުގައި އިގްތިސާދީ ކުރިއެރުން ދަށަށްދިޔައިރު، ތަކެތީގެ އަގުތައްވެސް ދިޔައީ ބޮޑުވަމުންކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ކުރުމަށް ވައުދުވީ ކަންތައްތަކުގެ ތެރެއިން 90 އިންސައްތަ އަހަރު ނިމުނުއިރުވެސް ފެށިފައިނުވާކަމަށެވެ. ކަންކަން ކުރުމަށް 170 ބިލިއަނެއްހާ ރުފިޔާ ލިބުނުއިރު، ދަރަނި އުފެއްދުން ނޫންކަމެއް ނުކުރެވުނުކަން މެންބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jul 2026
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ފެށޭނެ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ޚާއްޞަ ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ޤާއިމުކުރެވޭނެއެވެ.
17 Jul 2026
ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުން ބުނިގޮތުގައި އެ މީހާ ފެނުނީ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. ފެނުނީ ފިރިހެނެކެވެ.
17 Jul 2026
ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް اللهގެ މިންވަރުފުޅު ގަދަކަން ގަބޫލުކުރަންޖެހޭ
މުސްލިމުންގެ އަގީދާއާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ހަމައެކަނި ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ ނިއުމަތަކާއި މުސީބާތެއްވެސް ޖެހެނީ މާތް الله މިންވަރުފުޅުންކަން ގަބޫލުކުރަންޖެހެއެވެ.
17 Jul 2026
ރިކޯޑް އަގަކަށް ވިއްކާލި މި ’ޓީ-ރެކްސް‘ ކަށިގަނޑުގެ ނަން އެނގޭތަ؟
ޖުލައި 2026 ގައި ސޯތަބީސް އޮކްޝަން ހައުސްއިން ބޭއްވި ނީލަމެއްގައި، 67 މިލިއަން އަހަރުވީ، ”ގަސް“ ނަމަކަށް ކިޔާ މި ކަށިގަނޑު ވިއްކާލާފައިވަނީ 50.1 މިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ މިހާތަނަށް ނީލަމެއްގައި ޑައިނަސޯގެ ކަށިގަނޑެއް ވިއްކާލި އެންމެ ބޮޑު އަގެވެ.
17 Jul 2026
މެސީއާއި ޔަމަލްގެ ފޮޓޯތަކުގެ ހަގީގަތް ޔުނިސެފުން ހާމަކޮށްފި
މީގެ 18 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯތަކުން ފެންނަނީ އުމުރުން އެންމެ 6 މަހުގެ ލަމީން ޔަމަލް ފެންވަރުވަން، އޭރު އުމުރުން 20 އަހަރުގެ މެސީ އެހީތެރިވާ މަންޒަރެވެ.
17 Jul 2026
ކުދި ތަދުތަކަށް ބާރުގަދަ ބޭސް ކެއުން؛ ކިޑްނީ ހަލާކުކޮށްލާ ކަމެއް
އާދަވެގެން ގިނައިން، ބާރުގަދަ ތަދުކަނޑުވާ ބޭސް ކެއުމަކީ އަހަރެމެންގެ ހަށިގަނޑަށް ޚާއްސަކޮށް ކިޑްނީއަށް ވަރަށް ނުރައްކާތެރި ކަމެކެވެ.
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ