މިރޭގެ ހަފްލާގައި މެޑަމް ސާޖިދާ ވާހަކަދައްކަވަނީ..
ހަބަރު
04 Feb 2026 | 23:27
އަންހެނުން ބާރުވެރިކުރުވުމަށް ޑަބްލިއުޑީސީގެ ދައުރު ވަރަށްބޮޑު: ސާޖިދާ

އަންހެނުން ބާރުވެރިކުރުވުމަށް އަންހެނުން ކޮމިޓީތައް ނުވަތަ ޑަބްލިއުޑީސީގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް އާއިޝަތު އަލައިކާ އަދުނާނުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އެނޫންވެސް ކަންކަން ހައްލުކުރުމުގައި އަންހެނުންގެ ކޮމިޓީގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. ސާޖިދާ ވިދާޅުވީ، ރައްޔިތުންގެ އަންހެނުންގެ ކޮމިޓީއެއް އޮތުމުގެ އެންމެބޮޑު ސަބަބަކީވެސް އަންހެނުންނަށް ދިމާވާ އެކި ގޮންޖެހުންތައް ހައްލުކުރުން ކަމަަށެވެ.

އަންހެނުން ކޮމިޓީއާމެދު މީގެކުރިން ދެކެމުން އަންނަގޮތް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، މިފަދަ ކޮމިޓީއެއް އެކުލަވާލާއިރު، އެ ކޮމިޓީގެ އަންހެން ބޭފުޅުންނަކީ އެއީވެސް ބައެއް ނޫންކަމަށް ދެކޭދެކުން ބަދަލުކުރަންޖެހޭކަމަށެވެ.

ވަރަށް ގިނަ ބޭފުޅުން ހަމަ އަލައިކާވެސް މިއަދު ފާހަގަކުރައްވައިފި. މިއީ ކީއްކުރާ ކޮމިޓީއެއްހޭ މިތަނުން ކީއްހޭ ކުރާނީ؟ އެއްގޮތަކަށްވެސް މިގޮތަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ. އެއީ އަންހެނުން އަންހެނުންނަށް ބާރުވެރިކުރުވޭނީވެސް އެއީ އެންމެ ފުރަތަމަ އަންހެން މީހާ އަންހެނަކު އެބަ ގަބޫލުކުރަން ޖެހޭ އަޅުގަނޑުމެން އަންހެނުން އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެކަން. އެހެންވީމަ އަންހެނުން މިގޮތަށް ވާހަކަ ދައްކަން ފަށައިފިނަމަ ދެން އެއީ ވަރަށް ދެރަ ކަމެއް

މެޑަމް ސާޖިދާ މުހައްމަދު

މެޑަމް ސާޖިދާ ވިދާޅުވީ އެންމެ ގާތުން ރައްޔިތުންނާ ރައްޔިތުން ދިރިއުޅެމުންދާގޮތް ދެކޭނެ އަދި ފެންނާނެ ބޭފުޅުންނަކީ އަންހެނުން ކޮމިޓީގައި ހަރަކާތްތެރިވާ ބޭފުޅުންކަމަށެވެ.

އެގޮތުން މި ކޮމިޓީގައި ތިއްބަވާ ބޭފުޅުން ވާންޖެހޭނީ މިހޮވާ ފަރާތްތަކީ ސަރުކާރާ ގުޅުވާދޭ ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ސަރުކާރާއެކު މަސައްކަތް ކުރެވޭނީ ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުދީގެންކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.