މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ
ހަބަރު
04 Feb 2026 | 23:41
ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ފެންނަންފެށީ މިއަދު: ނާޒިމް

ލާމަރުކަޒީ ނިޒާމް އެންމެފުރިހަމަ ގޮތުގައި ފެންނަން ފެށީ މިއަދު ކަމަށާއި، އެ ނިޒާމުގެ ފުރިހަމަކަން ގެނެސްދެއްވި ވެރިޔަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް އާއިޝަތު އަލައިކާ އަދުނާނުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ޤާނޫނު އަސާސީގައި ވަރަށް ފުޅާކޮށް ލިޔެފައި އޮންނަ ކަމަށާއި، އޭގެ މާނައަކީ ދައުލަތުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުންނަންވާނީ ރައްޔިތުންގެ ވިސްނުމާ ފިކުރާ އެއްގޮތަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަގުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފިނިކޮޓަރިން ނިކުމެ ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ކައިރިއަށް ވަޑައިގެންކަމަށެވެ. ތާރީހު ބައްލަވައިފިނަމަ ވެރިކަމުގެ ފުރަތަމަ ދެ އަހަރުދުވަހުގެ ތެރޭގައި އެއްވެސް ވެރިއަކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައި ނުވާއިރު، ރައީސް ޑރ.މުއިއްޒު ވަނީ އެކަންވެސް ހާސިލް ކުރައްވާފައިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ވަޒީރުން، ކުންފުނިތަކުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ފިނި ކޮޓަރިތަކުން ނުކުމެ ރައްޔިތުންނާ ހަމައަށް އަންނަންޖެހޭކަމަށް ވަޒީު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ފިނި ކޮޓަރިން ނުކުމެވަޑައިގެން އެ ރަށަށް ވަޑައިގެން އެ ރަށްރަށުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރައްވާ އަމިއްލަ އަތްޕުޅުން، އަމިއްލަ ގަލަންކޮޅުން އެ ރަށްރަށުގެ ކަންތައްތައް އޮޅުންފިލުވާ ލިޔުއްވަވައިގެން މާލެއަށް ވަޑައިގެން އަޅުގަނޑުމެންނާ އެ މަސައްކަތްތައް ހަވާލުކުރަނީ

މިނިސްޓަރު ނާޒިމް

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވަނީ ލާމަރުކަޒީ ނިޒާމަށް މިފަހުން ލިބުނު ބާރުވެރިކަން ފާހަގަކުރައްވައި ބައެއް މިސާލުތައް ކިޔައިދެއްވާފައެވެ. އެގޮތުން މާލޭގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން މާލެސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކު ހޮވި ތާރީހެއް ނޯންނާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއްކަަމަށެވެ. 

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ޒިންމާދާރުކަމާއެކު ވޯޓު ދެއްވުމަކީ އަދާކުރަންޖެހޭ ގައުމީ ވާޖިބެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ފެށިގެންދާނީ ލޯކަލް ގަވަރމަންޓްގެ މުޅިން އާ ބާބެއްކަމަށެވެ.

 

ކޮމެންޓް
ނޯމަރުކަޒީ
ކޮއިފުޅުމެން މަގާމުގެ ބޭނުމުގަ ތިހެން ކިޔަސް ހަގީގަތަކީ އޭގެ އިދިކޯޅޭ. ޔައުނީ މިއީ ހަމަ މަރުކަޒީ ނިޒާމެއް. ލާ އެއްނޫން!!!
05 Feb 2026
ސައްލޭ
މީނާއަށް އަދި އިތުރު މިނިސްޓަރ ކަމެއް ދޭންވީ.
05 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.