ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Feb 2026 | 09:45
ދީނާ ސިޔާސަތު ވަކިކުރާ ފަރާތްތައް ނުރުހުނަސް ދައުލަތް ހިންގުމުގައި އިސްކުރާނީ އިސްލާމްދީން: ރައީސް

އިސްލާމްދީނާ ސިޔާސަތަކީ ވަކި އެއްޗެއް ކަމަށް ދައްކައި، އެގޮތަށް ވަކާލާތު ކުރާފަރާތްތައް ނުރުހުނު ކަމުގައި ވިޔަސް، މި ދިވެހި ދައުލަތް ހިންގުމުގައި އިސްކުރާނީ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އަދި މި ގައުމުގައި ކަންކަން ބައްޓަންކުރަންވާނީ އިސްލާމްދީނުގައިވާ ގޮތުގެ މަތީން ކަމަށެވެ.

ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އުސޫލުތަކާ ހަމަތަކަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް الله މާތްވެގެންވާ އިސްލާމްދީނުގައި، އަޅުގަނޑުމެން މުސްލިމުން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް ވަނީ، ފުރިހަމަކޮށް ބަޔާން ކުރައްވާފަ. އަޅުގަނޑުމެންގެ މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގައި ކަންކަން ބައްޓަންކުރަންވާނީ މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ، ދިވެހި ދައުލަތް ހިންގުމުގެ ކަންކަން އިސްލާމްދީނާއެގޮތަށް ބައްޓަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެހެންކަމުން ބައެއްގެ ނުރުހުން އަމާޒުވި ނަމަވެސް އެމަނިކުފާނު ތަންފީޒު ކުރައްވާނީ އެ ސިޔާސަތުތައް ކަމަށް ވިދާޅުވިއެވެ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއއގައި، މި ފުރިހަމަ ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ އެ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމް ކަމެއް. އެހެންކަމުން މި ދިވެހި ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މާތްالله ގެ މިންވަރުފުޅާއެކު އަޅުގަނޑު ތަންފީޒުކުރާނީ މި ސިޔާސަތު. އަދި ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ މިއަދުގެ ރިޔާސީ ބަޔާން ފެއްޓެވީވެސް ދީނީ ގޮތުން ފާއިތުވި އަހަރު ކުރެވުނު ކަންކަމާއި، މި އަހަރު ކުރުމަށް ރޭވިފައިވާ ކަންކަމުގެ ބައެއް ތަފްސީލް ތަކާއެކުގައެވެ. 

ކޮމެންޓް
ކަބަލުން
އިސްލާމްދީން މިހެން ބުނަނީ އަމަލަކުން ނުފެނޭ.
05 Feb 2026
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.