ބިދޭސީން
ހަބަރު
05 Feb 2026 | 11:05
20އަށްވުރެ މަދު ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހަދަނީ

އަންނަ މާޗު މަހުން ފެށިގެން، ވިއްސަށްވުރެ މަދު އަދަދެއްގެ ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ކުދި އަދި މެދުފަންތީގެ ކެފޭ ރެސްޓޯރަންޓްތައް ރެޖިސްޓްރީ ކުރުމަށް ނަގަމުންއައި ފީ ކުރިއަށް އޮތް ދެއަހަރު ދުވަހަށް 50 އިންސައަށް ކުޑަކުރެވިފައިވާ ކަމަށެވެ. 

ހަމައެއާއެކު 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތަކުން، އަހަރީ ކޯޓާފީ، މި އަހަރުގެ މާޗު މަހުން ފެށިގެން ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ވަނީ ނިންމާފައި. މިކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހާޅާނެ ވާހަކަދަންނަވަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަހަކީ އަދި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮންލައިން ޕޭމަންޓު ނިޒާމައް ރާއްޖޭގައި ގާއިމުވެފައި ނެތުން ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް، ޕޭޕަލްގެ ހިދުމަތް ރއްޖޭގައި ތަޢާރަފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާ، އެ ޚިދުމަތް ރާއްޖޭގައި ބޭނުންކުރެވޭނެ އިންތިޒާމް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފައިސާގެ މުއާމަލާތްތައް ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި މަލްޓި ކަރެންސީ ޑިޖިޓަލް ވޮލެޓު، ސްވައިޕް މިހާރު ތައާރަފު ކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އަލީބާބާ ގުރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކިރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.