ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Feb 2026 | 13:10
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ.

އެގޮތުން ވިދާޅުވީ، މިއީ މީޑިއާއަށް ސީފާ އެމަނިކުފާނު މައުލޫމާތުތައް ދެއްވުމަށް ބޭއްވޭ ބައްދަލުވުންތަކެއް ކަމަށާ، އެ ބައްދަލުވުންތައް އޮންނާނީ، ކޮންމެ ހޯދަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކަމަށެވެ. 

އަދި ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް އެ ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ބައްދަލުވުންތައް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، ޢާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

މީގެ އިތުރުން، މިއަހަރުގެ މާޗް މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސްހަފްތާއަކު 1 ފަހަރު 1 ގަޑި އިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާ، މި ބައްދަލުވުންތަކުގެ ތާވަލް ރައީސް އޮފީހުން ހާމަކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވަނީ، މި ސަރުކާރުން އެކިއެކި މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައްވެސް ހިއްސާ ކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ،

* ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވާފައިވާ ކަމަށް.

* 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިންވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން ހިއްސާ ކުރައްވާފައިވާ ކަމަށް.  

މީގެ އިތުރުން އާންމު އެކި ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ހުރިނަމަ އެކަމަށް އެދި ފޯމް ހުށަހެޅުމުން ޤާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އެ އެދޭ މައުލޫމާތު ސަރުކާރުގެ ހުރިހާ އިދާރާއަކުން ހާމަ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

މިގޮތުން މިދިޔަ އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް 1341 އާރު.ޓީ.އައި ފޮނުވާފައިވާ އިރު އޭގެ ތެރެއިން 1251 އާރ.ޓީ.އައި އަށް ވަނީ ޖަވާބު ދީ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީތަކަށް ފޮނުވި އާރު.ޓީ.އައި ގެ %93 . ޖަވާބު ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މަޢުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ ވަގުތު އިތުރުކުރަންޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރު.ޓީ.އައި ފޯމުތަކަށް ވެސް ދަނީ ޖަވާބުތައް ތައްޔާރުވަމުން. މި މަސައްކަތް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް އެދަނީ ކުރިއަށް. ވީމާ، މާސް މީޑިޔާއާއި ޕްރިންޓް މީޑިޔާއާއި ފަރުދީ ގޮތުން މަޢުލޫމާތު ހޯދުމުގައި ކުޑަވެސް ހުރަހެއް ނެތް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

މީގެ އިތުރުންވެސް، މީސްމީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް ވެސް ސަރުކާރުން ވަނީ އެކިއެކި ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުވައިދިނުމަށް ޓަކައި، 2025 ވަނަ އަހަރު 40875 ޕޯސްޓު ސޯޝަލް މީޑިޔާ މެދުވެރިކޮށް މަޢުލޫމާތުޝާއިޢުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.