ރައީސުލްޖުމްހޫރިއްޔާ މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރެއްވުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Feb 2026 | 15:04
ޕްރޮކިއުމަންޓު އައު އުސޫލުގެ ދަށުން މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދެނީ

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް ގެނައި އައު އުސޫލުގެ ދަށުން ޕްރޮކިއުމަންޓްގެ ކަންކަމުގައި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ޕްރޮކިއުމަންޓްގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާބެހޭ އުސޫލަށް މުހިންމު އިސްލާހްތަކެއް ގެނެސްފައިވާއިރު މި އިސްލާހް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. ސަރުކާރުން ބުނީ މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ (އެމް.އެސް.އެމް.އީ) ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދީ،  އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިކޮށްދިން ކަމަށެވެ.

އަލަށް ގެނެސްފައިވާ އިސްލާހްގައިވާގޮތުން 5 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގުގެ ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރަން ޖެހެއެވެ. މި ބަދަލުގެ ސަބަބުން  ދައުލަތުގެ ޕްރޮކިއުމަންޓްތަކުގެ އެމް.އެސް.އެމް.އީ ގެ ދައުރު ފުޅާވެ އެފަދަ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށްވެސް މި އުސޫލުގެ ދަށުން ވަނީ އާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 500,000 ރުފިޔާއަށް ވުރެ ކުޑަ އަގުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް މިހާރު ހާއްސަކުރެވިފައިވަނީ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫއުތައް ހާއްސަކުރެވިފައިވަނީ އެ ރަޖިސްޓްރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް ވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ބަދަލެއް ގެނެސްފައިވާއިރު، ރައީސް ޑރ. މުޢިއްޒު މިފަހުން ވިޔަފާރިވެރިންނާ ބައްދަލުކޮށް ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. 

ފިނޭންސުން ބުނީ މިއަދު ގެޒެޓްކުރެވުނު މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިއްސާ ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާއަތްތަކުގެ ގާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނޭކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.