ސޯލިހްގެ ސިޓީ އަނބުރާ ގެންނަވާކަން މޮރިޝަސްގެ ބޮޑުވަޒީރަށް ރަސްމީކޮށް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ލިޔުމެއްގައި ސޮއިކުރައްވަނީ --

ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންދަވަން ދިވެހި ސަރުކާރުން ނިންމެވިކަން ރަސްމީކޮށް އަންގަވައިފި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެ އޮފީހުން ބުނީ ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންދަވަން ދިވެހި ސަރުކާރުން ނިންމެވިކަން, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މޮރިޝަސްގެ ބޮޑުވަޒީރަށް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ.

އެމަނިކުފާނުގެ އެ ނިންމެވުމުން ފުރަތަމަ އިއުލާނު ކުރެއްވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ވަނީ ނިންމަވާފަ އެވެ. ސަރުކާރުން ދެކޭ ގޮތުގައި ކަނޑުން ބައެއް ގެއްލުމުގައި އެ ސިޓީގެ ދައުރު ބޮޑެވެ.

ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގެއްލުނު ކަނޑުގެ ބައި ހިމެނޭހެން ކުރީން އޮތް މިންވަރު ކަމަށްވެސް މިއަދު އިއުލާނު ކުރައްވާފަ އެވެ.

އަދި ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މި މައްސަލައިގައި ސަރުކާރުން ލަފާހޯދި ބައިނަލްއަގްވާމީ މާހިރުން ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އެކަމުގައި ބައިވެރިވި މީހުންނާއި ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް