ފުއްޕާހަންތައް ގޮވުމުން ލިފްޓުން ދެމީހުން ނުކުންނަނީ-
ދުނިޔެ
06 Feb 2026 | 10:03
އިންޑިޔާގައި، ލިފްޓެއްގެ ތެރޭގައި ގޭސް އަޅާފައިހުރި ފުއްޕާހަންތަކެއް ގޮވައިފި

އިންޑިއާގެ މުމްބާއީގެ ގޯރެގާއޯންގައި ހުރި އިމާރާތެއްގެ ލިފްޓް ތެރޭގައި، ގޭސް އަޅާފައި ހުރި ގިނަ އަދަދެއްގެ ފުއްޕާހަންތަކެއް ގޮވައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގެ ބިރުވެރި މަންޒަރުތައް އެ އިމާރާތުގެ ސީސީޓީވީ ކެމެރާތަކަށް ވަނީ އަރާފައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށާއި އަންހެނަކަށެވެ. މި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާތީ، މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާއާ ގުޅިގެން، ފުއްޕާހަންތައް ވިއްކި މީހާގެ މައްޗަށް އިހުމާލުގެ މައްސަލައެއް ހުށަހަޅައި، ފުލުހުން ވަނީ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެންމެ ފުރަތަމަ ލިފްޓަށް އަރަނީ ކުޑަ ދަބަހެއް ހިފައިގެން ހުރި އަންހެނެކެވެ. އޭނާގެ ފަހަތުން ބޮޑު ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ހުރި ގިނަ އަދަދެއްގެ ފުއްޕާހަންތަކެއް ހިފައިގެން ފިރިހެނަކު ލިފްޓަށް އަރައެވެ. ލިފްޓުގެ ދޮރު ލެއްޕެން އުޅެނިކޮށް، ތިންވަނަ މީހަކު ލިފްޓަށް އަރަން މަސައްކަތް ކުރި ވަގުތު، ކުއްލިއަކަށް އެ ފުއްޕާހަންތަކުގައި އަލިފާން ހިފައި މުޅި ލިފްޓު ތެރެ އަލިފާންގަނޑަކަށް ބަދަލުވެގެންދެއެވެ.

މި ގޮވުމާއެކު މުޅި ލިފްޓު ތެރެ ދުމާއި އަލިފާނުން ފުރިގެން ދިޔަ ނަމަވެސް، ލިފްޓުގައި ތިބި ތިން މީހުން ވަނީ ވަގުތުން ބޭރަށް ނިކުމެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުއްޕާހަންތައް ހިފައިގެން ހުރި ފިރިހެންމީހާ ލިފްޓުން ނިކުތް ގޮތަށް ބިންމައްޗަށް ވެއްޓެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ފުއްޕާހަންތަކަށް އަޅާފައި ހުރި ގޭހުގެ ބާވަތުން މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.