ދިވެހި ހައްޖުވެރިން މިނާގައި (ފޮޓޯ/ހައްޖު ކޯޕަރޭޝަން)
ހަބަރު
06 Feb 2026 | 10:22
ހައްޖުވެރިންނަށް މިނާގައި ދެވޭ ޚިދުމަތްތައް މިފަހަރު އިތުރަށް ރަނގަޅު ވާނެ: ހައްޖު ކޯޕަރޭޝަން

މި އަހަރު ދިވެހި ހައްޖުވެރިންނަށް މިނާގައި ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. 

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ޑީއެމްޑީ ޢަލީ ޝަރީފް ވިދާޅުވީ، މި ސަރުކާރު އައި ފަހުން، ކުރެވުނު ފުރަތަމަ ހައްޖު ދަތުރުގެ ތަޖުރިބާއިން، އެ ދަތުރުގެ ކަންކަން އިތުރަށް ފުރިހަމަ ކުރެވޭނެކަން އެނގިގެންދިޔަ ކަމަށެވެ. އެގޮތުން، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރާއި ދިވެހި ސަރުކާރާއި ގުޅިގެން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތުން ނިމިދިޔަ އަހަރުގެ ހައްޖުގެ ކަންކަން ފުރިހަމަކޮށް، މީގެ ކުރިން ހައްޖުގެ އަޅުކަމުގައި ދިވެހިންނަށް ދެވިފައި ނުވާފަދަ ފުރިހަމަ ޚިދުމަތެއް ދެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތާރީޚްގައިވެސް ނޯންނާނެ ހަމައެކަނި ދިވެހިން އެކަނި މިނާގައި، އަރަފާތުގައި އެމީހުންނަށް ވަކި ޖާގައެއް ހަމަޖެހިގެންދިޔަ. އެހެންވީމާ މިދިޔަ އަހަރު ހައްޖުގައި ދިވެހިންނަށް ވަކި ޖާގައެއް ހަމަޖައްސައި، އެމީހުން ތިބޭނެ ޓެންޓްތަކުގައި ޖިޕްސަން ބޯޑްޖެހި، ފާހާނަ، (1000 މީހުންނަށް މިލިބެނީ 6 ފާޚާނަ) އެހެންނަމަވެސް އެފަހަރު ހައްޖުގައި އަޅުގަނޑުމެން އިތުރު ކުރިން ފާޚާނާތައް، (16 ފާޚާނާ)

ޢަލީ ޝަރީފް 

ޝަރީފް ވިދާޅުވީ، މި އަހަރުގެ ހައްޖުގައި މިނާގައި ދިވެހިންނަށް ދެވޭ ޚިދުމަތްތައް މިދިޔަ ފަހަރަށްވުރެވެސް ފުރިހަމަވާނެ ކަމަށެވެ.

”މިފަހަރު ކުރިއަށްވުރެވެސް ފާޚާނާތައް އިތުރުކުރެވި، މިފަހަރު ހައްޖުގައި އަޅުގަނޑުމެންނަށް ވަކިން، ތިބޭ ޖާގަ، އެތަނަކަށް އެއްވެސް ބޭރު ބަޔަކަށް ނުވަދެވޭނެ. ފާޚާނާތަކުގެ ޖާގަ އިތުރުކޮށް، އެ ޓެންޓު ތަކުގައި، ކެއްކޭނެ ވަސީލަތް ގާއިމް ކުރެވި، ކުރިއަށްވުރެވެސް ރަނގަޅުވާނެ

ޢަލީ ޝަރީފް 

ޝަރީފް އިތުރަށް ވިދާޅުވީ، ހައްޖުގެ އަޅުކަމުގައި އެހީތެރިންގެ ގޮތިގައިދާ މީހުންނަށްވެސް އިތުރު ޓްރެއިނިން ތަކެއް ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. 

ހައްޖު ކޯޕަރޭޝަނުންގެ އެމްޑީ ދާދިފަހުން ވަނީ، ހައްޖުގެ އަޅުކަމަށް ތައްޔާރުވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑުބައެއް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، މިއަހަރުގެ ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓްލަތަކަށް ފައިސާ ދައްކާ، މީގެ ކުރިން 2 ސްޓަރ ފެންވަރުގެ ހޮޓެލްތައް މިހާރު 4 ސްޓަރ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ކޮށް، މައްކާއާއި މަދީނާގެ އެކޮމޮޑޭޝަން ގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައިކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާވެސް މުހިންމު އެތައް ފިޔަވަޅެއް އެ ކޮޕަރޭޝަނުން އަޅާފައިވާކަމަށެވެ. އެގޮތުން، ފަސްޓްު އެއިޑް އާއި އޮކްސިޖަން ނެގުމަށް ބޭނުންވާ މެޝިންތަކާއި އޮކްސިޖަން ސިލިންޑަރު ކަހަލަ ހުރިހާ ތަކެއްޗެއް ދަތުުރުފަތުރުކުރާއިރު ބަހުގައިވެސް ހުންނާނެކަމަށާއި، މި ވަގުތު ރާއްޖޭގައި  ރާއްޖޭގައި އެންމެ ފެންވަރުގެ ތަމްރީނު ލިބިފައިވާ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ކޮންމެ ތަނެއްގައިވެސް ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެކަމަށާއި، ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައުދީ އަރަބިއާގެ ނެޝަނަލް ހޮސްޕިޓަލްގެ ދަށުން ހިންގާ އަބީރު ހޮސްޕިޓަލާއި އެކުވެސް އެއްބަސްވުމެއް ހެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، ހައްޖުވެރިންގެ ކަރުގައި އަޅާފައި އޮންނަ ފާހާއި އެކު އިލެކްޓްރޮނިކް ޓްރެކިންގ ޑިވައިސްއެއް އޮންނާނެ ކަމަށާއި، މި ޑިވައިސް މެދުވެރިކޮށް ހައްޖުވެރިން އަދި އުމްރާވެރިން އުޅުއްވާ ހުރިހާ ހިސާބެއް 24 ބެލޭނެކަމަށްވެސް މައުލޫމާތުދެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.