ސްމޫދު ފްލޮޓިއްލާގެ ބޯޓެއް-- ފޮޓޯ/ ރޮއިޓަރސް
ދުނިޔެ
07 Feb 2026 | 10:13
ޣައްޒާއަށް އެހީވުމަށް ސުމޫދު ފްލޮޓިލާއިން ބޮޑު ހަރަކާތެއް ފަށަނީ

ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެކްޓިވިސްޓުންގެ ގުރޫޕަކުން، މިއަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވަމުންދާކަން އިއުލާނުކޮށްފިއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޣައްޒާގެ އާންމުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިސްރާއީލުން ކުރިމަތިކޮށްފައިވާ ހިސޯރުކުރުމާއި ދެކޮޅަށް އަޑުއުފުލުމެވެ.

"ގްލޯބަލް ސުމޫދު ފްލޮޓިލާ" އިން އިންތިޒާމުކުރާ މި ހަރަކާތް މާރިޗު މަހުގެ 29 ހިސާބުގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، މިކަމުގައި 100 އަށްވުރެ ގިނަ ބޯޓާއި 100 އަށްވުރެ ގިނަ ގައުމުން އެތައް ހާސް ބަޔަކު ބައިވެރިވާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ މިހާތަނަށް ޣައްޒާއަށް އަމާޒުކޮށްގެން ހިންގާ މި ފަދަ އެންމެ ބޮޑު ކަނޑުގެ ހަރަކާތް ކަމަށް އެ ފަރާތުން ސިފަކުރެއެވެ.

މީގެ ކުރިން ބޭއްވި ހަރަކާތުގައި ފްލޮޓީލާގެ ބައެއް ޔޮޓްތައް... ފޮޓޯ: ރޮއިޓާސް

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓުތަކުގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފަދަ އިންސާނީ އެހީގެ ތަކެތި އުފުލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ގައްޒާގެ އެތެރޭގައި އިންސާނީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ދިއުމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަކީވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ. މި ދަތުރުގައި ސިއްހީ މުވައްޒަފުންނާއި، އިންޖިނިއަރުންނާއި އާންމު ވޮލަންޓިއަރުން ބައިވެރިވާއިރު، މި މަސައްކަތުގެ ބައެއްގެ ގޮތުގައި އެއްގަމު މަގުންވެސް އެހީގެ އުޅަނދުތައް ފުރުވުމަށް ވަނީ ރޭވިފައެވެ.

މި ބޯޓުފަހަރުތައް ފުރުމަށް ހަމަޖެހިފައިވަނީ މެޑިޓެރޭނިއަން ކަނޑުގެ އެކި ބަނދަރުތަކުންނެވެ. އޭގެ ތެރޭގައި ބާސެލޯނާ، ޓިއުނިސް އަދި އިޓަލީގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި މިއީ އެއްވެސް އަނިޔާވެރިކަމެއް ނެތް، ސުލްހަވެރި ގޮތެއްގައި އެހީ ފޯރުކޮށްދިނުމަށާއި، އިސްރާއީލުގެ ހިސާރުގެ ސަބަބުންނާއި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ބޮޑެތި ތަކުލީފުތައް ދުނިޔެއަށް ހާމަކުރުމަށް ހިންގާ އިންސާނީ ހަރަކާތެކެވެ. 

މީގެ ކުރިންވެސް މިފަދަ އެތައް އެހީގެ ބޯޓުފަހަރު ޣައްޒާއަށް ދިއުމަށް މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ދަތުރުތައް އިސްރާއީލުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ޣައްޒާގެ ބޯޑަރުތައް ހަރުކަށިކޮށް ކޮންޓްރޯލް ކުރަމުންދާ އިސްރާއީލުން ބުނާ ގޮތުގައި މި ހިސާރަކީ ސަލާމަތީ ފިޔަވަޅެކެވެ. ނަމަވެސް، މީގެ ސަބަބުން އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެ ކުރިން ކުރި ދަތުރުތަކުގައި ބައިވެރިވި މީހުން ކަނޑުމަތިން ހިފަހައްޓައި، ހައްޔަރުކޮށް، ފަހުން ޑީޕޯޓްކޮށްފައިވާތީ، މާރިޗު މަހަށް ރާވާފައިވާ މި ދަތުރުގައިވެސް ބޮޑެތި ނުރައްކާތަކެއް ހުރިކަން ފާހަގަކުރޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.