މި އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އާރްޑީސީ
ހަބަރު
04 Feb 2026 | 13:50
6 ސުކޫލެއްގެ އައު އިމާރާތް އެޅުމަށް އާރްޑީސީއަށް

ރާއްޖޭގެ 6 ސުކޫލެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފިއެވެ. 

މިއީ ރާއްޖޭގެ އެކި ހިސާބުތަކުން 29 ސުކޫލެއްގެ އައު އިމާރާތް ބިނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ސަރުކާރުގެ 3 ކުންފުންޏާއި ހަވާލުކުރުމުގެ ތެރެއިންނެވެ. 

މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޙަސަން ރިފާއީ ބުޝްރީ ސޮއިކުރެއްވިއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން ހއ. އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި ސްޓާފް ރޫމް އިމާރާތް ކުރުމާއި، ހއ. އިހަވަންދޫ ސްކޫލްގައި 12 ކްލާސްރޫމްގެ އިމާރާތެއް ބިނާކުރުމާއި، ރ. ހުޅުދުއްފާރު ސްކޫލްގައި ސްޓޫޑަންޓް އެޑްމިން ބްލޮކެއް ޤާއިމުކުރުމުގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، ކ. ގާފަރު ސްކޫލްގައި 8 ކްލާސްރޫމާއި ހޯލް އިމާރާތް ކުރުމާއި، ކ. ގުރައިދޫގައި އައު ސްކޫލެއް ބިނާކުރުމުގެ މަސައްކަތްވެސް އާރްޑީސީއިން ކުރާނެއެވެ.

އާރްޑީސީގެ އިތުރުން، މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓި.ސީ.ސީ) އާއިއެވެ. އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވަނީ 18 މަޝްރޫއެކެވެ. އަދި ބާކީ 4 މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.