މަގުމަތީގައި ފުލުހަކު ހަރަކާތްތެރިވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
09 Feb 2026 | 09:13
މިދިޔަ ހަފްތާ ބަންދުގައި 38 އުޅަނދު ޖޫރިމަނާކުރި

މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު، 48 ގަޑިއިރު ތެރޭ ހުޅުމާލޭއިން 38 އުޅަނދު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ. 

ފުލުހުން އާންމުކުރި ހިސާބުތަކުގައި ވާގޮތުން ހުޅުމާލެއިން ޖޫރިމަނާ މި ކުރެވުނު 38 އުޅަނދުގެ ތެރޭގައި ހިމެނެނީ 2 ފުރޮޅުލީ 32 އުޅަނދާއި، 4 ފުރޮޅުލީ 3 އުޅަނދެވެ.

މީގެ އިތުރުން، މި ހިސާބުތަކުގައި ވާގޮތުން މި ދެދުވަހު ހުޅުމާލެއިން ޖުމުލަ 26 އުޅަނދެއް ވަނީ ޓޯވ ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ލައިސެންސް ނެތި ދުއްވައިގެން ޖުމްލަ 2 ފުރޮޅުލީ 16 އުޅަނދަކާއި 4 ފުރޮޅުލީ 1 އުޅަނދެވެ. ނުރައްކާތެރިކޮށް ދުއްވައިގެން 2 ފުރޮޅު ލީ 4 އުޅަނދު އަދި ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވުމުން 2 ފުރޮޅުލީ 1 އުޅަނދަާއި 4 ފުރޮޅުލީ 2 އުޅަނދު ޓޯވ ކޮށްފައިވެއެވެ. މީގެ އިތުރުން، އެކްސިޑެންޓު ފަދަ ތަހުގީގުކުރާ މައްސަލަތަކަށް 2 ފުރޮޅުލީ 2 އުޅަނދު ވެސް ޓޯވ ކޮށްފައިވެއެވެ. 

ފުލުހުން ގެންދަނީ މާލެއާއި، ހުޅުމާލޭގެ މަގުތަކުގައި އާއްމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް އެކި ވަގުތުތަކުގައި ހަރުދަނާ ކަމާއިއެކު ކުރަމުންނެވެ. އަދި ޓޯވ ކުރެވޭ އުޅަނދުތަކުގެ ތަފާސްހިސާބު ހިއްސާކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.