ބީ.އެސް.އެމް.ޔޫ ގެ ހޮސްޓެލް-- ފޮޓޯ/ ބީ.އެސް.އެމް.ޔޫ
ދުނިޔެ
09 Feb 2026 | 09:45
މެޑިސިން ހަދާ އިންޑިއާ ދަރިވަރުންތަކަކަށް ވަޅީގެ ހަމަލާތަކެއްދީފި؛ އެކަކުގެ ހާލު ސީރިއަސް

ރަޝިޔާގެ އޫފާ ސިޓީގައި ހުންނަ ބަޝްކިރު ސްޓޭޓް މެޑިކަލް ޔުނިވަރސިޓީ (ބީ.އެސް.އެމް.ޔޫ) ގެ ހޮސްޓެލް ތެރޭގައި ހޮނިހިރު ދުވަހުގެ ހަވީރު، އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ އިންޑިއާގެ ހަތަރު ދަރިވަރަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މީގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން "އޯލް އިންޑިއާ މެޑިކަލް ސްޓޫޑެންޓްސް އެސޯސިއޭޝަން" (އައިމްސާ) އިން ވަނީ، އަނިޔާވި ދަރިވަރުންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި އިންޑިއާގެ ބޮޑުވަޒީރަށް އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ހަމަލާދީފައިވަނީ އެ ސަރަހައްދަށް ނިސްބަތްވާ 16 އަހަރުގެ ކުއްޖެކެވެ. ދަރިވަރުން ބުނާ ގޮތުގައި އެ ކުއްޖާއަކީ ނަފްސާނީ ގޮތުން ބަލި ކުއްޖެކެވެ. އޭނާ ހަމަލާ ދިނުމުގެ ކުރިން ހޮސްޓެލްގެ ތިރީ ފަންގިފިލާގައި ކުޑަ ގޮވުމެއް ގޮއްވާލައި، ދަރިވަރުން ކޮޓަރިތަކުން ބޭރަށް ނެރުމަށް ވެސް މަސައްކަތް ކުރި ކަމަށްވެއެވެ.

އައިމްސާގެ ގައުމީ މަންދޫބު ޑރ. މުހައްމަދު މޮމިން ޚާން ވިދާޅުވި ގޮތުގައި، ބަނޑަށް ވަޅި ހެރުމުގެ ސަބަބުން ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ މަހަރާޝްތުރާއަށް ނިސްބަތްވާ ގޯރަވް ނަމަކަށް ކިޔާ ދަރިވަރަކަށެވެ. މީގެ އިތުރުން އަވީނާޝް، ހަރީދީޕް އަދި ހަރްޝްވަރުދަން އަށް ވެސް މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ބީ.އެސް.އެމް.ޔޫ ގައި އިންޑިއާގެ ގާތްގަނޑަކަށް 3،000 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު، މީގެ ތެރެއިން ގިނަ ކުދިންނަކީ އެމް.ބީ.ބީ.އެސް ހަދަމުންދާ ކުދިންނެވެ.

މި ހާދިސާ ހިނގި ހޮސްޓެލްގައި ދިރިއުޅޭ ދަރިވަރަކު މައުލޫމާތު ދެމުން ބުނީ، ކުއްލިއަކަށް ބާރު ގޮވުމަކާއި ދަރިވަރުން ހަޅޭއްލަވާ އަޑު އިވުމުން ބޭރަށް ނުކުތްއިރު، ވަޅިއެއް ހިފައިގެން ހުރި ޒުވާނަކު ދަރިވަރުންނަށް ހަމަލާދޭން ދުވާ މަންޒަރު ފެނުނު ކަމަށެވެ. އަދި ބިރުން ގޮސް ގިނަ ދަރިވަރުން ކޮޓަރިތަކަށް ވަދެ ތަޅުލީ ކަމަށްވެސް އޭނާ ބުންޏެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހަމަލާދިން މީހާ ވަނީ ދެ ފުލުހަކަށްވެސް އަނިޔާކޮށްފައެވެ. ނަމަވެސް، އިތުރު ފުލުހުން އައިސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ރަޝިޔާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހަމަލާދިން ކުއްޖާއަކީ ރަޝިޔާގައި މަނާކޮށްފައިވާ ހަރުކަށި ފިކުރުގެ "ނިއޯ-ނާޒީ" ޖަމާއަތަކަށް ތާއީދުކުރާ ކުއްޖެކެވެ. އަދި އޭނާ ހަމަލާދިން ކުއްޖެއްގެ ލެއިން ހޮސްޓެލްގެ ފާރުގައި ނާޒީންގެ ނިޝާނެއް ކުރަހާފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އައިމްސާ އިން ބޮޑުވަޒީރަށް ފޮނުވި ސިޓީގައި، ރަޝިޔާގައި ތިބި އިންޑިއާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މިފަދަ ހާދިސާތައް ތަކުރާރުވިޔަނުދިނުމަށް ޚާރިޖީ ފެންވަރުގައި މަސައްކަތްކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ދަރިވަރުންނަށް އެހީތެރިވުމަށް ހާއްސަ ހެލްޕްލައިންތަކެއް ގާއިމުކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.