އިންޑިއާގެ ކޯލް މައިން ގޮވި ސަރަހައްދު-- ފޮޓޯ/ އިންޑިޕެންޑެންޓު
ދުނިޔެ
09 Feb 2026 | 10:54
އިންޑިއާގައި، ކޯލް މައިންއެއް ގޮވައި، 27 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މޭގަލާޔާގައި ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ ކޮއިލް މައިންއެއް ގޮވާ، 27 މީހުން މަރުވެއްޖެއެވެ. 

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އީސްޓް ޖައިންތިއާ ހިލްސް ޑިސްޓްރިކްޓްގެ އެކަހެރި ސަރަހައްދެއް ކަމަށްވާ ތަންގްސްކޫގައެވެ.

މި ހާދިސާއާ ގުޅިގެން "ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް" (އެން.ޑީ.އާރް.އެފް) އާއި ސްޓޭޓް ޑިޒާސްޓަރ ރެސްޕޮންސް ފޯސް އަދި ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ގޮވާފައި ވަނި "ރެޓް ހޯލް" މައިނިންގ ޓަނަލްއެއް ކަމަުން ބޮޑެތި އުނދަގޫ ތަކާއި ދަނީ ކުރިމަތިވަމުންނެވެ. 

"ރެޓް ހޯލް" މައިނިންގ ޓަނަލްތަކޭ އެ ތަންނަނަށް ކިޔަނީ އެ ތަންތަން ހުންނަ ގޮތުންނެވެ. މި ތަންތަނަކީ މީހަކަށް ކިރިޔާ ވަދެވޭވަރުގެ ހަނި ތަންތަން ކަމަށްވުމުން، ކޯލް ހުންނަ ހިސާބަށް ދިއުމަށްޓަކައި މަސައްކަތްތެރިންނަށް ޖެހެނީ މީދަލެއް ފަދައިން ފިރުކެމުން ނުވަތަ ގުދުވެގެން ދާށެވެ. މި ބާވަތުގެ މައިންތަކަކީ އެއްވެސް ރައްކާތެރިކަމުގެ މިންގަނޑެއް ނެތި، ވަރަށް ނުރައްކާތެރިކޮށް ހިންގާ ތަންތަނެވެ.

މިސަބަބާއިހުރެ، ސަލާމަތީ ބާރުތަކަށް މިތަނުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އޮފިޝަލުން ހާމަކުރާ ގޮތުގައި، ހާދިސާ ހިނގި ފުރަތަމަ ދުވަހު 18 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އޭގެ ފަހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި އިތުރު ހަށިގަނޑުތައް ފެނި، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 27 އަށް އަރާފައެވެ.

ޤާނޫނީ ހުއްދައެއް ނެތި ހިންގަމުންދިޔަ މި މައިންގައި ގޮވުން ހިނގުމާއެކު ބޮޑު އަލިފާންގަނޑެއް އުފެދި، ވިހަ ގޭސްތައް ބޭރުވުމުގެ ސަބަބުން އެތައް މަސައްކަތްތެރިންނެއް ވަނީ ބިމުގެ އަޑީގައި ތާށިވެފައެވެ. މި ހާދިސާގައި ޒަޚަމްވި ބައެއް މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، ހާދިސާ ހިނގިއިރު މައިންގެ ތެރޭގައި ތިބީ ޖުމްލަ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ޤަވާޢިދާ ޚިލާފަށް މައިން ހިންގުމާއި ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައިގައި މައްސަލަ ރަޖިސްޓްރީކޮށް، އެކަމާ ގުޅުންހުރި ދެ މީހަކު ހައްޔަރުކޮށްފައެވެ. މޭގަލާޔާގެ ޗީފް މިނިސްޓަރ ކޮންރަޑް ކޭ ސަންގްމާ ވަނީ މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އަމުރުކުރައްވައި، މީގައި އިހުމާލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފައެވެ.

މި ހިތާމަވެރި ހާދިސާއާއެކު، ނުރައްކާތެރި މައިން ކުރުމުގެ އުޞޫލުތައް މަނާކޮށްފައި އޮތް ނަމަވެސް އެކަން ކުރިއަށްދާ މައްސަލައިގައި އަނެއްކާވެސް ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.