ޝަހީދު ހުސައިން އާދަމް ބިލްޑިންގ-- ފޮޓޯ/ ވޮއިސް
ހަބަރު
09 Feb 2026 | 11:49
މި އަހަރު މިހާތަނަށް 1,300 އަށްވުރެ ގިނަ ކުށް ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ

މި އަހަރުގެ މިހާތަނަށް ޖުމުލަ 1،345 ކުށުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ކުށުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ހިސާބުތަކުން ހާމަވާގޮތުގައި، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކާއި ވައްކަމުގެ މައްސަލަތަކެވެ. މިއީ މުޅި ރާއްޖޭގެ އާންމު ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން މި ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.

ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މަގުމަތީގެ އެކްސިޑެންޓްތަކެވެ. އެގޮތުން 383 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މިއީ ރިޕޯޓްކުރެވުނު ހުރިހާ މައްސަލަތަކުގެ 28.4 އިންސައްތައެވެ. ވައްކަމުގެ މައްސަލަތައް ދެވަނައިގައި އުޅޭއިރު، 362 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިއީ ޖުމްލަ ކުށްތަކުގެ 26.9 އިންސައްތައެވެ. 

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި 222 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، ތަކެތި ގެއްލިގެން 130 މައްސަލަވެސް ހުށަހަޅާފައިވެއެވެ. 

އެހެނިހެން ދާއިރާތަކަށް ބަލާއިރު، މާރާމާރީގެ 70 މައްސަލައާއި، މުދަލަށް ގެއްލުންދިނުމުގެ 69 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި ގެވެށި އަނިޔާގެ 42 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ދާއިރާއެކެވެ.

ނިސްބަތުން މަދު ނަމަވެސް، ސީރިއަސް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ހިޔާނާތުގެ 26 މައްސަލައަކާއި، ޖިންސީ ކުށްތަކުގެ 16 މައްސަލައަކާއި، ފޭރުމުގެ 15 މައްސަލައެއްގެ އިތުރުން މަކަރާއި ހީލަތް ނުވަތަ ލިޔެކިޔުން ބަދަލުކުރުމުގެ 8 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. 

ކުށުގެ ވެށިން ރައްކާތެރި ތަނަކަށް ދިވެހި މުޖުތަމައު ހެދުމަށް ފުލުހުން އަންނަނިީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުއްތަކާއިމެދު އާންމު ރައްޔިތުން އިތުރަށް ސަމާލުވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށާއި، ކުށުގެ އަމަލެއް ހިނގާކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.