ރަށެއްގެ އަތިރިމަތީ ފަތުރުވެރިން ބިކިނީގައި-
ހަބަރު
09 Feb 2026 | 17:07
އާންމު ތަންތަނުގައި ބިކިނީ ލައިގެން އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޝެއިޚް ޒަމްޒަމް ފާރިޝް އިސްވެ ހުންނަވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި ބުނީ، އާންމު ތަންތަނުގައި މިފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަޚްލާޤާއި، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.

އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އަދި ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް މިއީ ކުރިމަތިވާ ބޮޑު ހުރަހެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕެޓިޝަނުގައި ތިން ކަމަކަށް ވަނީ އެދިފައެވެ. އެއީ:

* މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުން.

* ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުން.

* އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.

މި ޕެޓިޝަންގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުންނަށްވެސް ހުޅުވާލާފައިވާއިރު، އަންނަނިވި ލިންކު މެދުވެރިކޮށް ސޮއި ކުރެވޭނެއެވެ.

https://epetition.majlis.gov.mv/petitions/6ded7953-d5b2-41cb-b100-9b62c041ffda

ލޯކަލް ޓޫރިޒަމް ފައްކާވެ ކުރިއަރައިގެންދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ އިޖުތިމާއީ މައްސަލަތައް ފެންމަތިވަމުންދާ މިންވަރު ވަނީ ްިކަންބޮޑުވާވަރަށް އިތުރުވެފައެވެ. މި މައްސަލަ ޙައްލު ކުރުމަށް ފުލުހުންނާއި ކައުންސިލް ތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންގާފައުވާ ނަމަވެސް، މައްސަލައަށް އެދެވޭ ހައްލެއް އަދިވެސް ލިބުފައި ނުވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. 
ނިވާކަން ކުޑަ ހެދުންލައިގެން އުޅޭ މައްސަލާގައި މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، މިފަދައިން، އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރުމަށް ގިނަވެގެން ދެނީ 6 ހަފްތާގެ މުއްދަތެކެވެ. އެއީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. 

އެ މުއްދަތު ހަމަވާއިރު، އީ-ޕެޓިޝަނެއްގައި 500 ސޮއި ހަމަނުވާނަމަ، އެ ޕެޓިޝަން ބާޠިލުވާނެއެވެ.

މީގެ އިތުރުން މިގޮތަށް ހުށަހެޅޭ ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެންމެ މަދުވެގެން 840 މީހުންގެ ސޮއި ބޭނުންވެއެވެ. މި ޢަދަދަށް ސޮއި ހަމަވާ ޕެޓިޝަނަށް ކިޔާނީ ޢާންމު ޕެޓިޝަނެވެ. 

އަދި ޕެޓިޝަނަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް 1200 ސޮއި ބޭނުންވެއެވެ. މި ޢަދަދަށް ސޮއި ހަމަވާ ޕެޓިޝަނަށް ކިޔާނީ ޚާއްޞަ ޕެޓިޝަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.