ހުޅަނގު އައްސޭރީގެ ސަރަހައްދެއް އިސްރާއީލުން ވެރިކޮށްފައި.. ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
10 Feb 2026 | 20:24
ފަލަސްތީނުގެ މިނިވަން ދައުލަތުން ހުޅަނގު އައްސޭރި ވަކިނުކުރެވޭނެ: ޖަރުމަނު

އިސްރާއީލުން ކިތަންމެ ވަރަކަށް ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރަމުންދިޔަ ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ކިބައިން ހުޅަނގު އައްސޭރި ވަކި ނުކުރެވޭނޭކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

އިސްރާއީލުން ހުލަނގު އައްސޭރީގެ ބިންތައް ވެރިކުރަމުންދާ މައްސަލާގައި އެޤައުމުގައި ހުންނަވާ ޖަރުމަނު ސަފީރު ސްޓެފަން ސައިބަރޓް ވަނީ ރުޅިގަނޑު ފަޅައިގެންގޮސް ސޯޝަލް މީޑިއާގައި އިހްސާސްތައް ބޭރުކޮށްލާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ވެރިކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ގައުމުގެ ސެކިއުރިޓީ ކެބިނެޓުން އެންމެ ފަހުން ނިންމާފައިވާ ނިންމުންތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފަށް ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ. އެ ނިންމުންތައް އެޤައުމަށް ނުނިންމޭނޭކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލްގައި ހުންނަވާ ޖަރުމަނު ސަފީރު މިފަދަ ޕޯސްޓެއް ކުރައްވާފައިމިވަނީ، ރާމައްﷲގައި ހުންނަ ޖަރުމަނުވިލާތުގެ މަންދޫބު އަންކޭ ޝްލިމް ކުރެއްވި ޕޯސްޓަކާ ގުޅުވާފައެވެ. ޝްލިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު އައްސޭރީގެ ހިފާފައިވާ ބިންތައް އަމިއްލަ ފަރާތްތަކަށް ގަނެވޭގޮތް ހެދުމާއި އެ ސަރަހައްދުގެ އިދާރީ ކަންކަމަށް އަތްގަދަކުރަން އުޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ އަދި ޤަވާއިދުތަކާ މުޅިން ފުށުއަރާ ކަމެއްކަމަށެވެ.

ފަލަސްތީނުގެ ވެސްޓްބޭންކަށް އިސްރާއީލުން އަތްގަދަކުރަމުންދާ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ އެ ކަންތަކުގައި އެޤައުމަށް އެއްބާރުލުން ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. 

ވެސްޓްބޭންކްގައި އިސްރާއީލުން ޔަހޫދީން އާބާދުކުރަމުންދަނީ ބައިނަލްއަޤްވާމީގޮތުން ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުން ބޭރުންކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. އިސްރާއީލުން ބޭނުންވަނީ ވެސްޓްބޭންކް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ރަށްވެރިކަން އިސްރާއީލަށް ބަދަލުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.