އެމްޑީޕީން ރޭ ބޭއްވި ޖަލްސާ.. ފޮޓޯ: އެމްޑީޕީ
ހަބަރު
13 Feb 2026 | 09:16
ސަރުކާރުން އުޅެނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް އަށަގަންނުވަން: އެމްޑީޕީ

ސަރުކާރުގެ ސިޔާސަތްތަކާއި ވިސްނުން ހުރީ އަވަސް މުސްތަގްބަލެއްގައި ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް އަށަގަންނުވަންކަމަށް އެމްޑީޕީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ 2026 އިންތިޚާބު ގެ ކެންޕެއިން ލޯންޗް ކުރުމުގެ ގޮތުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާތީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުން މަޖިިލީހަށް ނިސްބަތްވާ ބޭފުޅުން ވަނީ ސަރުކާރުގެ ސިޔާސަތްތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުގެ ކިބައިން މިހާރު ފެންނަމުންދަނީ ރައްޔިތުންގެ ބާރުތައް ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތަން ކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމުގައިވެސް ރަނގަޅު ނިޔަތެއް ނެތްކަމަށެވެ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ތިބި މީހުން ކުންފުނިތަކަށް ވައްދައި ރައްޔިތުން މިއަދު ވަނީ މުސާރައިގެ އަޅުންތަކަކަށް ހަދާލާފައިކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެމްޑީޕީ ޖަލްސާ.. ފޮޓޯ: އެމްޑީޕީ

ސަރުކާރުން ހުދުމުހުތާރު ވެރިކަމަކަށް މިސްރާބް ޖަހާފައިވާކަން ފާހަގަކުރަމުން ޝާހިދު ވިދާޅުވީ، އިންތިހާބު އެއްކޮށްލުމުގެ މަސައްކަތަށްފަހު ދެން ސަރުކާރުގެ ވިސްނުމަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރު 10 އަހަރަށް ބަދަލުކުރުންކަމަށެވެ. މިކަންކަން ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލައި ހީލަތްތެރި ރޭވުމެއްގެ ދަށުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮންމެ ފަސް އަހަރަކުން މިހާރު ޤާނޫނު އަސާސީ އޮތް ގޮތުން ސަރުކާރާ ދޭތެރޭ ސަރުކާރު ހިންގާ ގޮތާ ދޭތެރޭގަ ބަސް ބުނަން ދެ ފުރުސަތު ލިބޭ. ރައީސުލްޖުމްހޫރިއްޔާ ހޮވާ ފުރުސަތާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު. މިހާރު ހުށަހެޅިފައިވާ ގޮތުން ނަމަ މި ފެންނަ ނުފެންނަ ވޯޓުގަ މިބޭފުޅުން މި ގެންދަވަނީ މި ދެ އިންތިޚާބު އެއްކޮށްލަން. ނަމުގަ ޚަރަދު ކުޑަކުރަން. 20 މިލިއަން ރުފިޔާ ކުޑަކުރަން. 20 މިލިއަން ރުފިޔާ ކުޑަކޮށްލަން ބޭނުންފުޅިއްޔާ 30 ސިޔާސީ ވަޒީފާ ކަނޑާލީމަ އެކަން އެނިމުނީ

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

މި ޖަލްސާގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ރައްޔިތުންގެ ލާބައަށް ކުރެވުނު ކަމެއް ނުދެއްކުނު ތަނުގައި އެމްޑީޕީގެ ވެރިކަމުގައި މާލެ ސަރަހައްދުން ރައްޔިތުންނަށް ދޫކުރުމަށް ކަނޑައެޅި ގޯތިތައްވެސް ނުދެވުނުކަމަށެވެ. 

ގޯތިތައް ދޫކޮށްގެން ދައުލަތަށް ގެއްލުންތަކެއް ލިބުނުކަމަށް ބުނާއިރު، އެކަންވެސް ސާފުކޮށްދެވިފައި ނުވާކަމަށް ގަޕޯ ވިދާޅުވިއެވެ.

ކީއްވެގެންތޯ ގޯތި ކަނޑާފައި ދޭން ނުކެރިގެން ތިއުޅެނީ؟ އަޅުގަނޑުމެން އަޑުއެހީމޭ، މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކިއިރުގައި، ދައުލަތަށް ވީ ގެއްލުމުގެ ވާހަކަ ދައްކާ، މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ވީ ގެއްލުމުގެ އޮޑިޓު ހަދާވާހަކަ މިބޭފުޅުން ދެއްކި ވާހަކަ. މާލޭގެ ރައްޔިތުން ނިކުމެ ރޮއެ އާދޭސް ކުރީމާ، މިއަދު މީން އެއްވެސް ބޭފުޅަކަށް ނުކެރުނޭ އެވާހަކަ ދައްކާކަށް

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

ގަޕޯ ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކަން ސަރުކާރުން ލަދުގަންނަން ޖެހޭ ކަމަށާއި، ރާއްޖެއަށް ޑޮމޮކްރަސީ ގެނައުމުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މީހެއްގެ ގައިން ހިއްލާލި ދާކޮޅެއް ނޯންނާނޭކަމަށެވެ. ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތްކުރަނީ ހުދުމުހުތާރު ވެރިކަމެއް ކުރަންކަން ފާހަގަކުރައްވައި ގަޕޯ ވިދާޅުވީ، ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެން ސަރުކާރުން އުޅެނީ ޤައުމު ހަލާކުކޮށް ފަސާދަކުރަން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.