ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ބީއެންޕީގެ ލީޑަރު ތާރިގް ރަޙްމާން
ހަބަރު
13 Feb 2026 | 14:29
ބަންގްލަދޭޝްގެ އާންމު އިންތިޚާބު ބީއެންޕީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 13 ވަނަ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޕާޓީގެ ލީޑަރު ތާރިގް ރަޙްމާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ބީއެންޕީން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ބައިވެރިވުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ޒުވާނުންގެ ވަރުގަދަ އިހުތިޖާޖުތަކަކަށްފަހު ވެއްޓުނު ފަހުން ބޭއްވި މި ފުރަތަމަ އާންމު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، 300 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލިސް ނުވަތަ 'ޖާތިޔާ ސަންގްސަދު' ގެ 209 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީއެންޕީ ހިމެނޭ އިއްތިހާދުންނެވެ. މިއީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތެކެވެ. ބީއެންޕީއާ އެންމެ ގާތުން ވާދަކުރި ޖަމާއަތޭ އިސްލާމީ ޕާޓީއަށް ލިބިފައިވަނީ 68 ގޮނޑިއެވެ.

175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ސިޔާސީ ހަމަޖެހުމަށް މި އިންތިޚާބަކީ ނުހަނު މުހިންމު އިންތިޚާބެކެވެ. ޚާއްސަކޮށް، ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގައުމުގެ އިގްތިސާދަށާއި ސިނާޢަތްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ނަތީޖާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ބީއެންޕީގެ ލީޑަރު ތާރިގް ރަޙްމާން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް، ކާމިޔާބީ ފާހަގަކުރުމަށް އެއްވެސް ހިނގާލުމެއް ނުވަތަ އެއްވުމެއް ނުބޭއްވުމަށާއި، އޭގެ ބަދަލުގައި ގައުމުގެ ސަލާމަތާއި ކުރިއެރުމަށް އެދި ހުކުރު ދުވަހު މިސްކިތްތަކުގައި ޚާއްސަ ދުޢާއެއް ކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ބީއެންޕީގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި، ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަކަށް ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 10 އަހަރު ކަމަށް ކަނޑައެޅުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.