އާ އާރު.އޯ ޕްލާންޓު އިފްތިތާހު ކުރުމުގެ ތެރެއިން-- ފޮޓޯ/ އެމްޑަބްލިއުއެސްސީ
ހަބަރު
13 Feb 2026 | 15:54
ހުޅުމާލޭގައި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓް ބޭނުން ކުރަން ފަށައިފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، ހުޅުމާލޭގައި ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ހުރި އާ އާރު.އޯ ޕްލާންޓެއް ބަހައްޓައި، އޭގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިއީ މާލެ ސަރަހައްދުގެ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެން އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.

މިއާއިއެކު ކުރިއަށް އޮތް ރަމަޟާން މަހު ފެނުގެ ޑިމާންޑް އިތުރުވެގެންދިޔަކަމުގައި ވިޔަސް، މި ޕްލާންޓާއެކު މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މެދުނުކެނޑި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކުރި ގޮތުގައި، މިއީ ހަލުވިކަމާއެކު އިތުރުވަމުންދާ އާބާދީއާއި، އަލަށް ތަރައްގީވަމުންދާ ހައުސިންގ މަޝްރޫއުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ރޭވުމުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ރާއްޖޭގެ ފެނުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އާރު.އޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގެ ލޮނުފެން މީރުފެނަށް ބަދަލުކުރުމުގެ މައްޗަށެވެ. އެހެންކަމުން، ފެނުގެ ޑިމާންޑް ބޮޑުވާ ވަގުތުތަކުގައާއި ނުވަތަ ދިމާވާ ކުއްލި މައްސަލަތަކުގައިވެސް ހިދުމަތަށް ބުރޫނާރާނެކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އާ ވަސީލަތްތައް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން، މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބޭނެ ޕްލާންޓްތަކެކެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ރައްޔިތުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ފެނުގެ ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ދުރާލާ ރާވައިގެން އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މާލެ ސަރަހައްދު ފުޅާވަމުންދާ މިންވަރަށް ބަލައި، ހިދުމަތުގެ ފެންވަރު މަތިކުރުމަކީ އެ ކުންފުނީގެ އެންމެ އިސް އަމާޒު ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.