ރޮބޮޓް 'މޯޔާ'-- ފޮޓޯ/ ރަޓޯޕަޓީ
ދުނިޔެ
14 Feb 2026 | 13:15
ޗައިނާގެ ރޮބޮޓް "މޯޔާ": މިއީ މިހާތަނަށް އުފެއްދި އިންސާނުންނާ އެންމެ ވައްތަރު ރޮބަޓްތަ؟

ޗައިނާގެ ރޮބޮޓިކްސް ކުންފުންޏަކުން "މޯޔާ" ގެ ނަމުން ނަންދީފައިވާ އާދަޔާޚިލާފު ހިއުމަނޮއިޑް ރޮބޮޓެއް ދައްކާލައިފިއެވެ.

މި ރޮބޮޓަކީ އިންސާނުންނާ އެއްގޮތް ހަރަކާތްތަކާއި، މޫނުމަތީގެ ކުލަވަރުތަކުގެ އިތުރުން، އިންސާނެއްގެ ހަށިގަނޑުގެ ހޫނުމިން ހުންނަ ފަދަ ހޫނުކަމެއް އިހުސާސްކޮށްދޭ ހަމެއް އެކުލެވޭ ރޮބޮޓަކަށް ވުމުން، މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ މި ރޮބޮޓަށް ހުއްޓިފައެވެ. މި ރޮބޮޓް އުފެއްދި ޝަންހާއީގެ "ޑްރޮއިޑްއަޕް"ކުންފުނިން ބުނެފައިވަނީ މިއީ އިންސާނުންގެ ސިފައާއި، އިހުސާސްތަކާއި، އަމަލުތަކާ ދާދި އެއްގޮތްވާ ގޮތަށް ފަރުމާކޮށްފައިވާ ދުނިޔޭގެ ފުރަތަމަ "ބަޔޯމިމެޓިކް" އޭއައި ރޮބޮޓެވެ.

މޯޔާ ދައްކާލުމުގެ ތެރެއިން-- ފޮޓޯ/ ރަޓޯޕަޓީ

ރޮބަޓްގެ އިސްކޮޅުގައި ގާތްގަނޑަކަށް 1.65 މީޓަރު ހުންނައިރު، ބަރުދަނަކީ 32 ކިލޯގްރާމެވެ. މިއީ އާދައިގެ އިންސާނެއްގެ ހަށިގަނޑުގެ މިންތަކާއި އެއްވަރުގެ މިންގަނޑެކެވެ. މި ރޮބޮޓް ފަރުމާކޮށްފައިވަނީ "އެމްބޮޑީޑް އާޓިފިޝަލް އިންޓެލިޖެންސް" ގެ މައްޗަށެވެ. މީގެ މާނައަކީ، ހަމައެކަނި ސޮފްޓްވެއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، އޭގެ ވަށައިގެންވާ މާހައުލު ދެނެގަނެ، މީހުންނާ އެކު އަމަލީ ގޮތުން މުއާމަލާތްކޮށް، އިންސާނީ އިޝާރާތްތަކުން ޖަވާބު ދިނުމުގެ ގާބިލުކަން މޯޔާއަށް ލިބިގެންވެއެވެ. އަދި މޯޔާ ވާހަކަދައްކާއިރު މީހުންގެ ލޮލަށް ބެލުމާއި، މޫނުމަތިން ފާޅުވާ ކުދިކުދި އަސަރުތައް ދެއްކުމަކީ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ.

މީގެ އިތުރުން، ކެމެރާ ހަރުކޮށްފައިވާ ލޮލާއި ސެންސަރުތަކުގެ އެހީގައި މީހުންގެ މޫނު ދެނެގަތުމާއި، ތަންތަނުގައި ބޭނުންވާ ތަނަކަށް އަމިއްލައަށް ދިއުމުގެ ގާބިލުކަން މޯޔާއަށް ލިބިގެންވެއެވެ. 

މޯޔާގެ ލޯ-- ފޮޓޯ/ ޓޮމްސްގައިޑް

މޯޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އިންސާނުންގެ ހަށިގަނޑުގެ ހޫނުމިން ކަމަށްވާ 32 ޑިގްރީ އާއި 36 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ހޫނުމިނެއްގައި ހުންނަ އޭގެ މަސްނޫއީ ހަމެވެ. މިގޮތަށް ފަރުމާކުރީ ރޮބޮޓާއި އިންސާނުންނާ ދެމެދު ހިނގާ މުއާމަލާތްތަކަކީ ހިތްހަމަޖެހޭ އަދި ގާތްކަމެއް އިހުސާސްކޮށްދޭ ކަމަކަށް ހެދުމަށެވެ. 

މޯޔާގެ ވިޔަފާރި މޮޑެލްތައް 2026 ވަނަ އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވޭއިރު، ރޮބޮޓެއްގެ އަގު 1.2 މިލިއަން ޗައިނީޒް ޔުއާން (170،000 އެމެރިކާ ޑޮލަރު) އަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. 

މި އީޖާދަކީ ރޮބޮޓިކްސްގެ ދާއިރާއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ މާހިރުން ދެކުނު ނަމަވެސް، މީގެ ސަބަބުން އަޚުލާގީ މިންގަނޑުތަކާއި، އަމިއްލަ މިނިވަންކަމާއި އަދި މިފަދަ އިންސާނުންނާ ދާދި އެއްގޮތް މެޝީންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނަފްސާނީ އަސަރުތަކާ މެދު ބަހުސްތައް ވަނީ އުފެދިފައެވެ.

މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާ އިންސާނީ ސިފަތަކެއް ހުންނަ ރޮބޮޓްތަކުގެ ސަބަބުން އިންސާނުންނާއި ޓެކްނޮލޮޖީއާ ދެމެދު އޮންނަންޖެހޭ އިމުން ބޭރުވުން އެކަށީގެންވެއެވެ. ނަމަވެސް މިފަދަ ރޮބޮޓުތަކުގެ ސަބަބުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ