ވީއައިއޭ ޓާމިނަލް ޓޫ -- ފައިލް ފޮޓޯ
ހަބަރު
16 Feb 2026 | 18:37
އެތެރޭގެ ދަތުރުތަކަށް ބޮޑު ފަސޭހައެއް؛ ޓާމިނަލް ޓޫއަށް ދަތުރުތައް ބަދަލުކުރަނީ

ރާއްޖޭގެ މައި ވައިގެ ބަނދަރު -- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެތެރޭގެ ދަތުރުތަކަށް ޓާމިނަލް ދޭއް (ކުރީގެ ބާ ޓާމިނަލް) ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހު ވީއައިއޭ އާ ޓާމިނަލް ވަނީ ހުޅުވާފަ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއި ހިތްގައިމު މާހައުލެއް ހިމެނޭ އާ ޓާމިނަލް އަކީ ވީއައިއޭގެ ޓާމިނަލް އެކެކެވެ. ފިޔަަވަހިތަކަކަށް ބަހާލައިގެން ބޭރުގެ ހުރިހާ ދަތުރެއް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ޓާމިނަލް ދެއަކަށް ބައެއް ބަދަލުތައް ގެނެސް ކުރަން ޖެހޭ މަރާމާތެއް ވަނީ ކޮށްފަ އެވެ. އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓުން ކުރާ އެތެރޭގެ ހުރިހާ ދަތުރުތަކެއް ޓާމިނަލް ދެއަކަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެ ގޮތުން މާދަމާ އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިންް މުޙައްމަދު ލަތީފެވެ.

އަދި އޭގެ ފަހުން އެތެރޭގެ ހުރިހާ ދަތުރުތަކެއް ކުރާނީ ބާ ޓާމިނަލްް އިންނެވެ.

މި ބަދަލުގެ ސަބަބުން އެތެރޭގެ ދަތުރުތައް ކުރާ ހުރިހާ އެންމެންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.