މެމްބަރު ފަލާހް..
ހަބަރު
17 Feb 2026 | 07:56
ޕީއެންސީން ތާއީދުކުރާ މިނިވަން ކެނޑިޑޭޓަކު ނުހުންނާނެ: ފަލާހް

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ތާއީދުކުރާ މިނިވަން ކެނޑިޑޭޓެއް ނުހުންނާނޭކަމަށް އެޕާޓީގެ ފަރާތުން އިންތިހާބުގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މާފަންނު ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބައެއް އަމިއްލަ ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، އެމީހުންނާ ގުޅޭގޮތުން ސައްހަނޫން މައުލޫމާތު ފަތުރަމުންދާކަމަށެވެ.

އެގޮތުން މިނިވަން ކެނޑިޑޭޓުންނަކީ ސަރުކާރުގެ ކެނޑިޑޭޓުންގެ ގޮތުގައި ދައްކަމުންދާކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، އިންތިހާބުގައި ޕީއެންސީން ތާއީދުކުރާ އަމިއްލަ ކެނޑިޑޭޓުން ނެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނުތިބޭނޭކަމަށެވެ.

ޕީއެންސީ ގެ ކެންޑިޑޭޓުންނަކީ އެޕާޓީން ޓިކެޓު ދީގެން ކުރިމަތިލައްވާފައި ތިބި ކެންޑިޑޭޓުން. މިއީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑު ދަންނަވާ ވާހަކައެއް. ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް އަމިއްލަ ގޮތުން ކުރިމަތިލާފަ އަދި އެހެން ޕާޓީއަކުން ކުރިމަތިލާފައި ނުހުންނާނެ. އެގޮތަށް އެ އަޑުފަތުރާ ހުރިހާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް. މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ނޫން. ބައެއް ކެންޑިޑޭޓުންނަށް...

މެމްބަރު ފަލާހް

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބު ކާމިޔާބުކޮށް މޮޅުތަކެއް ލިބޭނެއޭ ހިތާ އެހެން ޕާޓީއަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ފާަހަގަކުރައްވަމުން ފަލާހް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ޕީއެންސީއަށް އެންމެ މުހުންމީ އެޕާޓީގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުން ކަމަށެވެ. އިންތިހާބުގެ ކުރިން މިހާރުވެސް ޕީއެންސީއަށް 69 ގޮނޑިކާމިޔާބުކުރެވިފައިވާ ކަމަށާއި، މިހާރު ހިސާބުތައް ދައްކާގޮތުން އެ ޕާޓީން 800 ނުވަތަ 900 ގޮނޑި ނަގާނޭކަމަށެވެ.

ފަލާހް ވިދާޅުވީ، އެމްޑީޕީއާ ޕީއެންސީއަކީ ވަރަށް ތަފާތު ދެ ޕާޓީއެއް ކަމަށާއި، ދެޕާޓީގެ ގެންގުޅޭ ސިޔާސަތުތައް ވަރަށް ބޮޑަށް ތަފާތުވެ، ހިޔާލުވެސް ވަރަށް ތަފާތު ވާނޭކަމަށެވެ. އެގޮތުން އެމްޑީޕީން ގެންގުޅެނީ ފަނާކުރުމުގެ ފިކުރުކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ، ޕީއެންސީއަކީ ބިނާކުރަނިވި ބަޔަކު އުޅެމުންދާ ފިކުރެއްކަމަށެވެ. އެގޮތުން ޕީއެންސީގެ ވެރިކަމެއް ރާއްޖެއަށް އަންނަ ތަރައްޤީގެ ކަންކަން ފެނިގެންދާނޭކަމަށް ފަލާހް ވުދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.