ރައީސް މުޢިއްޒު އާއި ޗައިނާގެ ރައީސް: ފޮޓޯ/ ރައީސް މުޢިއްޒު
ހަބަރު
17 Feb 2026 | 12:08
ރާއްޖެއާއި ޗައިނާ ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް: ރައީސް މުޢިއްޒު

ޗައިނާގެ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެޤައުމުގެ ބޮޑުވަޒީރު ލީ ކިއަންގްއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި ފޮނުއްވި މެސެޖުގައެވެ.

ޗައިނާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ވަރުގަދަވެ، އިތުބާރުހުރި ބައިވެރިންގެ ގޮތުގައި ތަރައްޤީގެ މަގުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގްއަށް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަކީ ދެ ޤައުމަށްވެސް ފައިދާހުރި، އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ އަހަރަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން އަބަދުވެސް "ވަން-ޗައިނާ" (އެއް ޗައިނާގެ ސިޔާސަތު) އަށް ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއްގައުމު އަނެއް ގައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ދެ ލީޑަރުންނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް ފާގަތި އަދި އުފާވެރި މުސްތަޤުބަލަކަށް އެދިވަޑައިގަންނަވާފައެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޗައިނާއިން ހޯދާފައިވާ ތަރައްޤީގެ ބޮޑެތި ކާމިޔާބީތައް ފާހަގަކުރައްވައި، އެޤައުމުގެ ރައްޔިތުންނަށް އުޖާލާ ދުވަސްތަކަކަށް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.