ފޯރަމް ހުށައަޅައިދޭ އިލްމުވެރީން
ހަބަރު
18 Feb 2026 | 17:13
އިހްޔާ ފޯރަމް: މާލޭގައި ފޯރަމްތައް ހުށައަޅުއްވައިދެއްވާނީ މި އިލްމުވެރީން

ރަމަޟާން މަހުގެ ރޭތައް އިހްޔާ ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ 8 ޕްރަގްރާމް މި އަހަރުވެސް މާލޭގައި ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިހްޔާ ފޯރަމްތައް މާލެއާ އަތޮޅުތަކުގައިވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން މާލޭގެ އިސްލާމީ މަރުކަޒުގައި މި އަހަރު މި ސިލްސިލާގެ ދަށުން 8 ޕްރަގްރާމެއް ކުރިއަށް ގެންދާނެ އެވެ. ފުރަތަމަ ޕްރަގްރާމް އޮންނާނީ މާދަމާ ރެ އެވެ. މާދަމާ ރޭ އޮންނަ ފޯރަމްގައި ތަގްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މައުލޫއަކީ ރަމަޟާން މަހުގެ މަތިވެރި ކަމެވެ.

މީގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. ސައުދުالله އަލީ އާއި އަައްޝައިހް މުހައްމަދު ލަތީފް އާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އާއި ޑރ. އަނާރާ ނައީމް އަދި އައްޝައިހް އަހްމަދު ސަމީރު ވެސް މި އަހަރުގެ ފޯރަމްތަކުގައި ތަގުރީރު ކުރައްވާނެ އެވެ.

މި އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. 

އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ އާއި ތ. ދިޔަމިގިއްޔާއި ގދ. މަޑަވެއްޔާއި ގދ. ގައްދޫ އާއި ހއ. އިހަވަންދޫ އާއި ޅ. ނައިފަރާއި ކ. ހިންމަފުއްޓާއި ކ. ގުރައިދޫ އާއި ލ. މާވަށާއި ރ. މީދޫގަ އެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުން

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.