އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ
20 Feb 2026 | 09:53
އެމެރިކާއާ އެކު އެއްބަސްވުމަކަށް އައުމަށް އީރާނަށް ދޭނީ 10 ވަރަކަށް ދުވަސް: ޓްރަމްޕް

ކުރިއަށް އޮތް 10 ނުވަތަ 15 ދުވަހުގެ ތެރޭގައި ވޮޝިންޓަނާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް އަސްކަރީ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ.

ވޮޝިންޓަން ޑީސީގައި ބޭއްވި "ބޯޑް އޮފް ޕީސް" ގެ އިފްތިތާހީ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، މިދިޔަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކަކީ ގާޒާގެ ސުލްހައަށް މަގުފަހިވި ކަމެއް ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ނުދިންނަމަ، މެދުއިރުމަތީގެ ގައުމުތަކުން ސުލްހައަށް އެއްބަސްވުމަށް އީރާނުގެ "ބިރުވެރިކަން" ހުރަހަކަށް ވީސް ކަމަށްވެސް އޭނާ ބުންޏެވެ. 

"ދެން އަހަރެމެންނަށް ޖެހިދާނެ އިތުރު ފިޔަވަޅެއް އަޅަން، އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެ. ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެކަން އެނގޭނެ." ޓްރަމްޕް ބުންޏެވެ. 

ޓްރަމްޕް މިހެން ބުނެފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ބޭއްވި ދެވަނަ މަޝްވަރާތަކަށް ފަހުގައެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާއިން ދަނީ ގަލްފް ސަރަހައްދަށް މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި ގިނަ އަދަދެއްގެ ހަނގުރާމަމަތީ ބޯޓުތައް ފޮނުވަމުންނެވެ.

އީރާނުން ބުނަމުންދަނީ އެގައުމުގެ ޔުރޭނިއަމް މުއްސަނދިކުރުން މަދުކޮށް، ބައިނަލްއަގުވާމީ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނައުމަށް އެއްބަސްވެވިދާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމަށާއި، އެގައުމުގެ މިސައިލް ޕްރޮގްރާމަށް ހުދޫދުތަކެއް ކަނޑައެޅުމަށެވެ. މިއީ ދިފާއީ ކަމެއް ކަމަށް ބުނެ އީރާނުން ވަނީ މިސައިލްގެ މައްސަލާގައި ދޫދިނުމަށް ދެކޮޅު ހަދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް