އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު-- ފޮޓޯ/ އޭޕީ ނިއުސް
ދުނިޔެ
21 Feb 2026 | 16:38
ކޮންގްރެސްގެ ހުއްދަ ނެތި ޓްރަމްޕަށް ޓެރިފް ބޮޑުނުކުރެވޭ ގޮތަށް ސްޕްރީމް ކޯޓުގެ ހުކުމެއް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނެއް ބޭނުންކޮށްގެން އާންމުކޮށް ހުރިހާ މުދަލަކުން ޑިއުޓީ ނެގުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. 

އިއްޔެ ނެރުނު މި ހުކުމް، ކޯޓުގެ 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، "އިންޓަރނޭޝަނަލް އެމަޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓް" ގެ ދަށުން، ކޮންގްރެސްގެ ހުއްދަ ނެތި ބޮޑެތި ޓެރިފްތައް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިގެންނުވާކަމަށެވެ. އަދި ގާނޫނުއަސާސީގެ ދަށުން ޓެކްސްއާއި ޑިއުޓީ ކަނޑައެޅުމުގެ މައިގަނޑު ބާރު އޮންނަނީ ގާނޫނު ހަދާ މަޖިލީހަށްކަން ވެސް ކޯޓުގެ މި ހުކުމުގައި ބަޔާންކޮށްފައިވެއެވެ. 

މި ހުކުމުގެ ސަބަބުން ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތށް ވަރަށްބޮޑު ލޮޅުމެއް އަންނާނޭކަމަށް ބައިނަލްއަޤްވާމީ ބައެއް ބޮޑެތި މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. 

ކޯޓުގެ މި ނިންމުމާއެކު މިހާތަނަށް ގާނޫނާ ހިލާފަށް ނަގާފައިވާ ބިލިއަނުން ގުނޭ ޑިއުޓީ ފައިސާއަށް ވާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމުގެ ސަބަބުން، 175 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދުމަށް ނުވަތަ އެކަމާ ގުޅޭ ގާނޫނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް، ކޯޓުގެ ނިންމުމަށްފަހު މާ ގިނަ އިރުތަކެއް ނުވަނީސް ޓްރަމްޕް ވަނީ އެކަމާ ގުޅޭގޮތުން ރައްދެއް ދީފައެވެ. މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ، 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 122 ވަނަ މާއްދާ ބޭނުންކޮށްގެން، އެމެރިކާއަށް އެތެރެކުރާ ގިނަ މުދަލުން %10 ގެ އައު ޑިއުޓީއެއް ނަގަން ފެށުމަށް ނިންމާފައިވާކަމަށެވެ. މި ގާނޫނީ މާއްދާއަކީ ވިޔަފާރީގެ ބެލެންސް ހިފެހެއްޓުމަށްޓަކައި 150 ދުވަހުގެ މުއްދަތަށް ވަގުތީ ޑިއުޓީއެއް ނެގުމަށް ރައީސަށް ބާރުދޭ މާއްދާއެކެވެ. ނަމަވެސް މިއީ ކުރިން ބޭނުންކުރި ކުއްލި ނުރައްކަލުގެ ބާރުތަކަށްވުރެ ހަނި ބާރެކެވެ. ޓްރަމްޕް ފާހަގަކޮށްފައިވާގޮތުން ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހުނު ނަމަވެސް، މި އައު ފިޔަވަޅަކީ ވިޔަފާރީގެ މަޝްވަރާތަކުގައި އެމެރިކާގެ ބާރު ދެމެހެއްޓުމަށާއި އެމެރިކާގެ ސިނާއަތްތައް ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެކެވެ. 

މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، ގައުމީ ސަލާމަތަށްޓަކައި ނުވަތަ ގާނޫނާ ހިލާފު ވިޔަފާރީގެ އުސޫލުތަކަށް  ނަގަމުންދާ ޑިއުޓީތަކަށް މި ހުކުމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނޭކަން ފާހަގަކުރައްވާފައެވެ. އެގައުމުގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެފައިވަނީ، ކޯޓުގެ ނިންމުގެ ސަބަބުން އެއްކަމެއް ބަންދުވި ނަމަވެސް، ސަރުކާރުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޭނުންކުރެވިދާނެ އެހެން ވަސީލަތްތައް އަދިވެސް އެބަހުރިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ