އެމެރިކާއިން ފޮނުވާފައިވާ ފައިޓަރ ޖެޓެއް-- ފޮޓޯ/ ޑިފެންސްނިއުސް
ދުނިޔެ
21 Feb 2026 | 10:45
އެމެރިކާއިން އީރާން ކައިރިއަށް 50 ހަނގުރާމަމަތީ މަތިންދާބޯޓު ފޮނުވައިފި

އީރާނާއެކު ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެމެރިކާއިން އީރާން ކައިރިއަށް 50 ހަނގުރާމަމަތީ މަތިންދާބޯޓު ފޮނުވައިފިއެވެ. 

މީގެ ތެރޭގައި އެންމެ ޒަމާނީ ފެންވަރުގެ އެފް-35، އެފް-22 އަދި އެފް-16 މަރުކާގެ ބޯޓުތައް ހިމެނެއެވެ. އަދި މިއީ ޑިޕްލޮމެޓިކް ގޮތުން ކުރިއަށްދާ މަސައްކަތްތައް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ އަސްކަރީ ބާރު ދައްކާލުމަށް އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ކަމާބެހޭ މާހިރުން ބުނެއެވެ. 

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓުތައް ވަނީ އީރާނާ ކައިރީގައިވާ އަސްކަރީ މަރުކަޒުތަކަށް ޖަމާކޮށްފައެވެ. މަތިންދާބޯޓުތަކުގެ އިތުރުން، މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އެހެނިހެން އަސްކަރީ ސާމާނުވެސް އެމެރިކާއިން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އީރާނާ ކައިރީގައި އެމެރިކާއިން އަސްކަރީ ބާރު މިހާ ބޮޑަށް ވަރުގަދަކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކެއް-- ފޮޓޯ/ ސީއެންއެން

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާއިން ބޭނުންވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލައި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގުފަހިވާނެ ހަރަކާތްތައް މަދުކުރުމަށެވެ. އަދި މީގެ ބަދަލުގައި އީރާނުން އެދެނީ އަހަރުތަކެއް ވަންދެން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ، އެގައުމުގެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް، އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރުމުން މި ދެގައުމުގެ މެދުގައި އެއްވެސް ނިންމުމަކަށް އާދެވިފައެއް ނުވެއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، މިގޮތަށް އަސްކަރީ ބާރުތައް ފޮނުވުމުގެ މަގްސަދަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި، އެމއެރިކާއާއި ބައިވެރިވާ ގައުމުތައް ރައްކާތެރިކުރުމާއި، މަޝްވަރާތަކުގައި އެމެރިކާގެ މަގާމު ވަރުގަދަކުރުމެވެ. އެމެރިކާއިން އިސްކަންދެނީ މަޝްވަރަތަކަށްފަހު ސިޔާސީ ހައްލަކަށް ކަމަށްވީ ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ހާލަތެއްގައި ކޮންމެ ފަދަ ނަތީޖާއަކަށްވެސް ތައްޔާރަށް ތިބެން ބޭނުންވާ ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް މިއަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، އަސްކަރީ ބިރުދެއްކުންތަކުގެ ސަބަބުން އެ ގައުމުން ދޫނުދޭނެ ކަމަށެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން، ރަޝިޔާ ފަދަ ބައެއް ގައުމުތަކުން ވަނީ ދެ ފަރާތުންވެސް ކެތްތެރިކަން އިސްކުރުމަށާއި، މަސްރަހު އިތުރަށް ގޯސްވެދާނެ އެއްވެސް އަމަލެއް ނުހިންގުމަށް ގޮވާލާފައެވެ.

ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، އެ ސަރަހައްދުގައި ހިނގާ ކުޑަ ހާދިސާއެއްގެ ސަބަބުންވެސް ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެއެވެ. މި ހާލަތު ވަކިން ޚާއްޞަކޮށް ހައްސާސް ވަނީ، ދުނިޔޭގެ ތެޔޮ އުފުލާ މުހިންމު މަގުތައް ކަމަށްވާ "ސްޓްރެއިޓް އޮފް ހޯރްމުޒް" ފަދަ ތަންތަން މެދުއިރުމަތީގައި ހުރުމުންނެވެ. އެފަދަ ތަނަކަށް ބުރޫއަރައިފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ