ޑްރަގާއެކު ހައްޔަރުކުރި ދެމީހުން: ފޮޓޯ/ ޕޮލިސް
ހަބަރު
22 Feb 2026 | 09:33
‏ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު، ދިވެއްސަކާއި ބިދޭސީއެއް ހައްޔަރުކޮށްފި

ދެ އުޅަނދެއްް ބަލައިފާސްކޮށް ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ، މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. 

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާަ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.