ޓްރަމްޕް-
ދުނިޔެ
22 Feb 2026 | 10:33
%15 އަށް ޓެރިފް ބޮޑުކުރަން ޓްރަމްޕް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ކަނޑައަޅާފައިފާ ޓެރިފްތައް އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވަނިކޮށް، ދުނިޔޭގެ ހުރިހާ ގައުމުތަކަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 15 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ފުރަތަމަ އިޢުލާން ކުރީ ކޯޓުން ބާތިލުކުރި ޓެރިފްތަކުގެ ބަދަލުގައި 10 އިންސައްތައިގެ ލެވީއެއް ނެގުމަށެވެ. ނަމަވެސް، ހޮނިހިރު ދުވަހު 'ޓްރުތް ސޯޝަލް' މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، މި ޓެކްސް ބޮޑުކުރާނެ ކަމަށް ބުނެފައެވެ.

މި އައު ޓެރިފްތައް ތަންފީޒުކުރުމަށް ބޭނުންކުރަނީ 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 122 ވަނަ މާއްދާއެވެ. މި ގާނޫނުގެ ދަށުން ކޮންގްރެސްގެ ހުއްދައާ ނުލައި ފަސް މަސް ދުވަހުގެ މުއްދަތަށް މި ޓެރިފްތައް ދެމެހެއްޓޭނެއެވެ. 10 އިންސައްތައިގެ ޓެރިފް އަންނަ ފެބްރުއަރީ 24 ވާ އަންގާރަ ދުވަހުން ފެށިގެން ނަގަން ކުރިން ނިންމާފައިވީ ނަމަވެސް، 15 އިންސައްތައިގެ ޓެކްސް ނަގަން ފަށާނެ ސީދާ ތާރީޚެއް އަދި ސާފެއް ނުވެއެވެ.

ޓްރަމްޕް މި ނިންމުން ނިންމީ ސުޕްރީމް ކޯޓުގެ 6-3 ގެ އަޣުލަބިއްޔަތުން ނެރުނު ހުކުމާ ގުޅިގެންނެވެ. އެ ކޯޓުން ނިންމާފައިވަނީ 1977 ވަނަ އަހަރުގެ 'އިންޓަރނޭޝަނަލް އިމަރޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓް' (IEEPA) ބޭނުންކޮށްގެން ޓްރަމްޕް ޓެރިފް ނަގާފައިވަނީ ރައީސަށް ލިބިދޭ ބާރުގެ ބޭރުން ކަމަށެވެ.

މި ގާނޫނުގެ ދަށުން އެމެރިކާ ސަރުކާރުން މިހާތަނަށް 130 ބިލިއަން ޑޮލަރުގެ ޓެކްސް ވަނީ އެއްކޮށްފައެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ "މޮޔައިން" ކަމަށް ސިފަކޮށް، އެއީ އެމެރިކާއާ ދެކޮޅަށް ނެރުނު ނިންމުމެއް ކަމަށް ބުނެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމަށް ތާއީދުކުރި ފަނޑިޔާރުންގެ ތެރޭގައި ޓްރަމްޕް އައްޔަންކުރި ދެ ފަނޑިޔާރުން ކަމަށްވާ އެމީ ކޯނީ ބެރެޓް އަދި ނީލް ގޯސަޗް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.